މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ބޭނުންވެގެން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުން އަމިއްލަ ތަކެތީގައި މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު ނަންބަރު: 50/IUL)MUH-01/1/2015) އިޢުލާނުގެ މަސައްކަތުގެ ނަންބަރު 2 ކަމަށްވާ "ދަގަނޑު ހޮޅި ވެލްޑިންގ ކޮށްގެން 10 ބެންޗު ޖެހުން" އަދި 50 ލެކްޗަރ ޗެއަރ ބޭނުންވެގެން ކުރެވުނު ނަންބަރު: 51/IUL)MUH-01/1/2015) އިޢުލާނަށް އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވުމާއެކު، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

1- ދަގަނޑުހޮޅި ވެލްޑިންގ ކޮށްގެން 10 ބެންޗު ޖެހުން

މަޢުލޫމާތު ސާފުކުރެއްވުން

30 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

03 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 09:30 ގައި

 

 

2- 50 ލެކްޗަރ ޗެއަރ ސަޕްލައިކޮށްދިނުން

މަޢުލޫމާތު ސާފުކުރެއްވުން

30 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:30 ގައި

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

03 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި

 

 

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 3390634 އަށް ގުޅުއްވުން އެދެމެވެ.

24 ނޮވެންބަރު 2015
ހޯދާ