މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑަށް ސުޕަވައިޒަރ މަޤާމަށް މުވައްޒަފަކު ހޯދުމަށް

  ސުޕަވައިޒަރ މަޤާމަށް މުވައްޒަފުން ހޯދުމަށް

 މަޤާމް:

 ސުޕަވައިޒަރ

 މަޤާމުގެ ނަންބަރު:

 202619 

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 މަޤާމުގެ ގިންތި:

 ވަގުތީ

 މުއްދަތު

 ކޮންޓުރެކްޓް (1 އަހަރު)

 ވަޒީފާއަދާކުރަންޖެހޭ ތަން:

 ނ.ވެލިދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް

 މުސާރަ:

 4000 ރުފިޔާ

 ހާޒިރީ އެލަވަންސް

ހާޒިރުވާ ކޮންމެދުވަހަކަށް 80 ރުފިޔާގެ ރޭޓުން (2000 ރުފިޔާ) 

 ސަޕޯރޓިންކް ކޯ އެލަވަންސް

 4000 ރުފިޔާ

 އެހެނިހެން އެލަވަންސް:

 ކުންފުނިން ހަމަޖައްސައިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 މަޤާމްގެ މައިގަނޑު   މަސްއޫލިއްޔަތު:

  1. ކުންފުނިން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުންފުނީގެ ވެރިން އަންގާ ގޮތެއްގެ މަތިން ކުރުން.
  2. ކުންފުނީގެ އޮޕަރޭޝަނާބެހޭ ހުރިހާ ކަމެއް ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް ރާވާ ހިންގުމާއި އެކަންކަން ހިނގާނުހިނގާ ގޮތް ސުޕަވައިޒުކޮށް ބެލެހެއްޓުން.
  3. ކުންފުނީގެ އޮޕާރޭޝަންގެ އެންމެހާ މަސައްކަތް ކުންފުނީގެ ވެރިން އަންގާގޮތަށް ކުރުން.
  4. ކުންފުނިން އަންގާގޮތަށް އޮޕާރޭޝަންގެ ހުރިހާ މުވައްޒަފުން ހާޒިރީ ބެލެހެއްޓުމަށް އަދި ޑިއުޓީ ރޯސްޓާ ހެދުމަށް އިދާރީ މުވައްޒަފުންނަށް އެހީތެރިވުމާއި މުވައްޒަފުން އެޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަމުން ގެންދޭތޯބަލާ ސުޕަވައިޒުކުރުން.
  5. ކުންފުނިން އަންގާގޮތަށް މަސައްކަތުގައި ބޭނުންކުރަމުން ގެންދާ އެންމެހާ ސާމާނު ރަނގަޅަށް ބަލަހައްޓަމުން ގެންދޭތޯ ބަލާ ޗެކްކުރުމާއި އިތުރަށް ބޭނުންވާ ސާމާނު ހޯދުމަށް އެދުމާއި އެތަކެތި އުސޫލުގެ ތެރެއިން މުވައްޒަފުންނަށް ދޫކުރުން.
  6. ކުންފުނީގެ މަސައްކަތްތައް ރަނގަޅުކުރުމަށް އަދި ފުޅާކުރުމަށް ބޭނުންވާ ލަފާދިނުމާއި އަދި މިކަންކަމުގައި އަމަލީގޮތުން ބައިވެރިވުން.
  7. ކުންފުނީގެ އޮފީހުން ބަލަހައްޓަންޖެހޭ ތަފާސް ހިސާބާއި މަޢުލޫމާތު ބެލެހެއްޓުމަށް ކުންފުނީގެ އިދާރީ މުވައްޒަފުންނަށް އެހީތެރިވުން
  8. ކުންފުނީގެ އޮޕާރޭޝަންގައި ހިނގާ މަސައްކަތްތަކުގެ އަދާހަމަ ދުވަހުން ދުވަހަށް ކުންފުނީގެ ވެރިންނަށް އެންގުން.
  9. ކުންފުނިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ވޯކްޝޮޕްތަކާއި، ސެމިނާރތަކާއި، ކޮންފަރެންސްތަކާއި އަދި އެހެނިހެން އިވެންޓްތަކާ ގުޅިގެން ކުރަންޖެހޭ  މަސައްކަތްތަކުގައި ބައިވެރިވުން

 މަޤާމުގެ ޝަރުތުތައް:

 1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް (ވަޒީފާއާއި   ގުޅުންހުރި ދާއިރާއަކުން) ޙާޞިލް ކޮށްފައި ވުން، ނުވަތަ،

 2- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން ،ޑީ، ގްރޭޑް   ލިބިފައި ވުމާއެކު، އޭގެ އިތުރުން ،ސެކަންޑްރީ ސްކޫލް، ނުވަތަ ،ހަޔަރ ސެކަންޑްރީ ސްކޫލް،   ސެޓްފިކެޓް އިމްތިހާނުގައި ،ދިވެހި، މި މާއްދާއިން ދަށްވެގެން ،ސީ، ގްރޭޑް ލިބިފައިވުން. 

 ހުށަހަޅަންޖެހޭލިޔުންތައް:

 1- ފުރިހަމަކޮށްފައިވާ ކުންފުނީގެ ވަޒީފާއަށް އެދޭފޯމް ( މިފޯމް ކުންފުނީގެ އޮފީހުން)   ލިބެންހުންނާނެއެވެ.

 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް   ހިމެނޭގޮތަށް)

 3- ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވާ   ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް   ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް   ނުވަތަ ޑްރައިވިންގ ލައިސަންސް

 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

 ވަޒީފާއަށް އެންމެ   ޤާބިލުފަރާތެއް ހޮވުމަށް   ބެލޭނެ ކަންތައްތައް:

 1- އަސާސީ ޝަރުތު ހަމަވުން ( %50)

 2- އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތައުލީމް (%5)

 3- އިންޓަރވިއު  (%45)

 މި މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހުންގެ ތެރެއިން އެންމެ މަތިން     ޕޮއިންޓުލިބިފައިވާ ފަރާތެވެ.

 މަޤާމަށް އެދެންވީގޮތާއި   ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ޖެނުއަރީ 2026 ގެ މެންދުރު 12:00 ގެ   ކުރިން މިކުންފުނީގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް     އީމެއިލް  [email protected]މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

 އިންޓަރވިއު އަދި އިމްތިޙާން   އޮންނާނެތަނާއި، މުއްމުދަތު

 މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 19 ޖެނުއަރީ 2026 އާއި 21   ޖެނުއަރީ 2026 އާދެމެދުއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6563946 ނަންބަރު ފޯނާއެވެ. އީ-މެއިލް   ކުރާނީ[email protected]އަށެވެ. ކުންފުނީގެ އޮފީހުން ފޯމް ދޫކޮށް، ބަލައިގަންނާނީ ރަސްމީ ދުވަސްތަކުގައި ހެދުނު 9:00 ން މެންދުރު 12:00 އަށެވެ.


11 ޖެނުއަރީ 2026

11 ޖަނަވަރީ 2026
ހޯދާ