|
ވަޒީފާގެ ފުރުޞަތު
|
ތާރީޚް
|
22 ރަޖަބް 1447
11 ޖެނުއަރީ 2026
|
|
ނަންބަރު
|
(IUL)179-3.3/179/2026/1
|
|
މަޤާމް:
|
ސީނިއަރ އޮފިސަރ / އައި.ޓީ ޑިޕަރޓްމަންޓް
|
|
ވަޒީފާގެ ބާވަތް
|
ދާއިމީ
|
|
މަސައްކަތް ކުރަންޖެހޭ ތަން
|
އައި.ޓީ ޑިޕާރޓްމަންޓް / ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
|
|
އަސާސީ މުސާރަ
|
-/6,500 ރުފިޔާ އާއި -/8,000 އާ ދެމެދު
|
|
ފިކްސްޑް އެލަވަންސް
|
-/5,000 ރުފިޔާ
|
|
ކެޕިޓަލް މާރކެޓް އެލަވަންސް
|
ކެޕިޓަލް މާރކެޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 15 އިންސައްތަ
|
|
ޑެއިލީ އެލަވަންސް
|
އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް -/100 ރުފިޔާ
|
|
އިތުރުގަޑީގެ ފައިސާ
|
ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
|
މަޤާމުގެ ޝަރުތު
|
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ބެޗްލާރސް ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ
- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
|
|
މައިގަނޑު މަސައްކަތާއި
ޒިންމާތައް
|
- ސީއެމްޑީއޭގެ މަސައްކަތްތަކަށް ބޭނުންވާ ސޮފްޓްވެއަރ ޑިވެލޮޕްކޮށް ބެލެހެއްޓުން.
- ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ އެންމެހާ މަރުހަލާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ސޮފްޓްވެއަރ އަށް ބޭނުންވާ އަޕްޑޭޓްތައް ގެނައުމާއި، ދިމާވާ މައްސަލަތައް ހައްލުކޮށް މެއިންޓަނަންސްގެ މަސައްކަތްތައް ކުރުން.
- ސޮފްޓްވެއަރ ޑިވެލޮޕްމަންޓާގުޅޭ މަސައްކަތުގެ މިންގަނޑުތަކާއި، ސަލާމަތީ ރައްކާތެރިކަމުގެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުން
- މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި އައު ވަސީލަތްތަކާއި ޓެކްނޮލޮޖީތައް ދިރާސާކުރުމުގައި އެހީތެރިވުން.
- ކްލައުޑް އެޕްލިކޭޝަންތަކާއި ސިސްޓަމްތަކުގެ ހާލަތު ބަލައި މޮނިޓަރކުރުމާއި، ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވެދިނުން.
- އޮތޯރިޓީގެ ޑޭޓާ އަދި ސިސްޓަމްތަކުގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމާއި، ޑިޒާސްޓަރ ރިކަވަރީ ނިޒާމުތައް ގާއިމުކުރުމުގައި އެހީތެރިވުން.
- ޑިޕާޓްމަންޓުގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރުން.
|
|
ވަޒީފާއަށް ކެންޑިޑޭޓެއް ހޮވުމުގައި އިސްކަންދެވޭނެ ބައެއް ކަންތައްތައް
|
- ޑޭޓާބޭސް ޑްރިވަން ފުލް ސްޓެކް ވެބް އެޕްލިކޭޝަންސް ޑިވެލޮޕްކުރަން އެނގުން.
- އެޗްޓީއެމްއެލް، ސީއެސްއެސް، ޓެއިލްވިންޑް ބޭނުންކުރަން އެނގުން.
- ރިއެކްޓް، ވިއު ޖޭއެސް ނުވަތަ މިނޫންވެސް މިފަދަ ފްރަންޓްއެންޑް ޑިވެލޮޕްމަންޓް ފްރޭމްވޯކެއް ބޭނުންކުރަން އެނގުން
- ލަރަވެލް، ޕައިތަން، ނޯޑް ޖޭއެސް ނުވަތަ މިނޫންވެސް މިފަދަ ބެކްއެންޑް ޑިވެލޮޕްމަންޓް ޓެކްނޮލޮޖީއެއް ނުވަތަ ފްރޭމްވޯކެއް ބޭނުންކުރަން އެނގުން
- އޭއައި ބޭނުންކުރާގޮތަށް އެޕްލިކޭޝަންސް ޑިވެލޮޕްކުރަން އެނގުން.
|
|
ޕޮއިންޓް ދޭނެ މިންގަނޑުތައް
|
- ޙާސިލުކޮށްފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ 20 އިންސައްތަ)
- ތަޖުރިބާ އާއި ހުނަރު (ކަނޑައެޅިފައިވާ 20 އިންސައްތަ)
- އިންޓަރވިއު (ކަނޑައެޅިފައިވާ 40 އިންސައްތަ)
- ޕްރެކްޓިކަލް އެސެސްމަންޓް (ކަނޑައެޅިފައިވާ 20 އިންސައްތަ)
|
|
އެޕްލިކޭޝަން ސުންގަޑި
|
- 22 ޖަނަވަރީ 2026 ގެ 23:59 ގެކުރިން
|
|
މަސައްކަތު ގަޑި
|
- ހަފްތާއަކު 5 ދުވަހު – ހެނދުނު 8 އިން މެންދުރުފަހު 3 އަކަށް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- އެޕްލިކޭޝަން ފޯމު
- ކަރިކިއުލަމް ވިޓާ (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރެޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ)
- މިހާތަނަށް އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން
- ޕޮލިސް ރިޕޯޓް
|
|
އިތުރު މަޢުލޫމާތު
|
- މި އިޢުލާނާ ގުޅިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- މި މަގާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއަށް އަދި އިންޓަވިއުއިން ލިބޭ މާކްސްއަށެވެ.
- މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ތިރީގައިވާ ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
|
އެޕްލިކޭޝަން ހުށަހެޅުން
|
ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅުއްވުންއެދެމެވެ.
Application Form
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014103އަށެވެ.
ނޯޓް: މި މަޤާމަށް އެކަށީގެންވާ ފަރާތެއް ނުލިބިއްޖެނަމަ ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ވަޒީފާއަށް ހަމަޖެއްސުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
|