މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޮޑި ދޯނި އެހެލާ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް ދޫކުރުމާ ގުޅޭ
މި ރަށުގެ އޮޑި ދޯނި އެހެލާ ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މި ކައުންސިލުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން، އޮޑި ދޯނި އެހެލާ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް ބޭނުންފުޅުވާ ފަރާތްތަކުން އެކަމަށް އެދި މި އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ޚިދުމަތް ދޫކުރުމަށް ހަމަޖެހިފައިވަނީ ކަރަންޓު ބޭނުންކުރާ ކޮންމެ ދުވަހަކަށް -/50 (ފަންސާސް) ރުފިޔާގެ ފީއެއް ނަގާގޮތަށެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރ 6560013 އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
11 ޖަނަވަރީ 2026
ހޯދާ
