ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ޕްރޮކިއުމެންޓް އޮފިސަރ

މި ޓްރައިބިއުނަލަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

ޕްރޮކިއުމެންޓް އޮފިސަރ

މަޤާމް ނަންބަރު:

TAT-125

ބޭނުންވާ ޢަދަދު:

01

މަޤާމް ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން 

މުސާރަ، ޢިނާޔަތްތަކާއެކު:

- އަސާސީ މުސާރަ: -/6,000 ރުފިޔާ

- ނޮން ޕްރެކްޓިސިންގ އެލަވަންސް: -/2,400 ރުފިޔާ (އަސާސީ މުސާރައިގެ %40)

- ލިވިންގ އެލަވަންސް: -/3,500 ރުފިޔާ

- ސާރވިސް އެލަވެންސް: -/170 (ވަޒީފާއަށް ނިކުންނަ ކޮންމެ ރަސްމީ ދުވަހަކަށް)

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކޮންމެ އަހަރެއް ފެށޭއިރު ޕްރޮކިއުމެންޓް ޕްލޭން ތައްޔާރުކޮށް ޕްރޮކިއުމެންޓް ޕްލޭނާއި އެއްގޮތަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 
  2. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ގަންނަންޖެހޭ އެންމެހާ މުދާ ގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ޕްރޮކިއު ކުރަންޖެހޭ  މަސައްކަތްތަކާއި ޚިދުމަތްތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޕްރޮކިއު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.  
  3. ޓްރައިބިއުނަލްގެ މެއިންޓެނެންސް ރަޖިސްޓްރީ ބެލެހެއްޓުމާއި މެއިންޓެނެންސްއާގުޅޭ މަސައްކަތްތައް މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކުރުވުން.
  4. ޕާރޗޭސް އޯޑަރތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، ބިލްތައް ހަމަޔަށް ލިބޭތޯ ޗެކްކޮށް ބިލްތައް ހޯދުން. އަދި ބިލްތަކާގުޅޭ ލިޔުންތައް ހަމަކޮށް ފައިސާ ދެއްކުމަށްޓަކައި ފައިސާއާބެހޭ ބަޔަށް ފޮނުވުން. 
  5. އެސެޓުގެ ގޮތުގައި ގަންނަ ތަކެތީގެ ތެރެއިން ވޮރަންޓީދީފައިވާ ތަކެތީގެ ލިސްޓް ވަކިން ބެލެހެއްޓުމާއި ވޮރަންޓީގެ މުއްދަތުގެ ތެރޭގައި މައްސަލައެއްދިމާވެއްޖެނަމަ އެކަމެއް ހައްލުކުރުވުން.
  6. ބީލަމާއިގުޅޭ ޑޮކިއުމެންޓްތައް ތައްޔާރުކުރުމާއި، ބީލަން ބަލައިގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށް ކުރިއަށްގެންދިއުން.
  7. ބިޑް ކޮމިޓީ އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8. ބިޑް ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމާއި ސެކްރެޓޭރިއޭޓް ބެލެހެއްޓުމާއި ބިޑްކޮމިޓީގެ އެންމެހައި މަސައްކަތް ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާއި ހެދިފައިވާ އުޞޫލުތަކާއި އެއްގޮތަށް ކުރުން.
  1. އެކިފަރާތްތަކަށް ފޮނުވާ ސިޓީފަދަ ތަކެތި ލިޔެ ފޮނުވުމާއި ސްކޭންކޮށް ބެލެހެއްޓުމާއި، ފައިލްކުރުން. 
  2. ޓްރިބިއުނަލުން ބާއްވާ އެކިއެކި ޖަލްސާތަކާއި ވޯކްޝޮޕްތަކާއި ސެމިނާރތައް ތައްޔާރުކޮށް ކުރިއަށްގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. އޮފީސް ހުޅުވާ ލެއްޕުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
  4. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ޙަވާލުކުރެވޭ މަސައްކަތްތައް ގަވާއިދުތަކާއި އުޞޫލުތަކާއިއެއްގޮތަށް ކުރިއަށްގެންދިއުން.    

މަޤާމަށް ބޭނުންވާ ފެންވަރު ނުވަތަ ޝަރުތު

- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓޭޝަން ނުވަތަ ޕްރޮކިއުމެންޓް ދާއިރާއިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 6ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓޭޝަން ނުވަތަ ޕްރޮކިއުމެންޓް ދާއިރާއިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަން ޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ހިމެނިފައެވެ. އަދި މި ޓްރައިބިއުނަލުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެނގޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް) 
  4. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ)
  5. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  6. ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  7. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރެއިން ވަނަވަރު ފިޔަވައި އެހެން ލިޔުންތަކުގައި "އަސްލާ އެއްގޮތް"ކަން ބަޔާންކޮށް ޤާނޫނީ ވަކީލަކު ތައްގަނޑު ޖަހަންވާނެއެވެ.
  8. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން. (ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްދިނުމުގައި ބެލޭނީ ތިރީގައިވާ ކަންތައްތައް ފުރިހަމަވެފައިވާ ލިޔުންތަކަށެވެ.)

(ހ) އެތަނެއްގެ ލެޓަރހެޑުގައި ތައްޔާރު ކުރެވިފައިވާ ލިޔުމަކަށްވުން.

(ށ) އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، މަޤާމުގެ މައިގަނޑު މަސައްކަތްތައް ހިމެނިފައިވުން.

(ނ) ވަޒީފާ އަދާކުރި މުއްދަތު.

(ރ) ވަޒީފާ އަދާކުރިތަނުގެ ވެރިއެއްގެ ސޮޔާއި ތައްގަނޑު. (ތައްގަނޑު ހިމެނިފައިވާނަމަ ސޮއި ނެތްނަމަވެސް ޕޮއިންޓް ދެވޭނެއެވެ).

ޝޯޓް ލިސްޓް ކުރުން

މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް ސްކްރީންކޮށްނިމޭއިރު މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ  ޢަދަދު 6 އަށްވުރެގިނަނަމަ ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިހާނު އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާން އަދި އިންޓަރވިއު އޮންނާނީ، 20 ޖަނަވަރީ 2026 އިން 15 ފެބްރުއަރީ 2026 އާ ދެމެދެ މި ޓްރައިބިއުނަލުގައެވެ.   

އެހެނިހެން މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީގަޑީގައި ނަންބަރު 3015555 ފޯނަށެވެ.  

ވަޒީފާއަށް އެދި ފޯމް ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ރަސްމީ ދުވަހެއް ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.            

                   އެޕްލިކޭޝަން ހުށަހަޅާނެގޮތް

ސުންގަޑި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް

(ގ.މާގަހަ، 2 ވަނަ ފަންގިފިލާ)  ނުވަތަ،

ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލުގެ [email protected] އަށް މެއިލްކުރުން. މެއިލްކުރާނީ ހުރިހާ ޑޮކިއުމެންޓެއް އެއްފައިލެއްގައި PDF ކޮށްފައެވެ.

(މެއިލް ކުރުމަށްފަހު އޮފީހަށް މެއިލް ލިބުނުކަން ޔަޤީން ކުރުމަކީ ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ)

 

2026 ޖަނަވަރީ 19 ވަނަ ދުވަހުގެ

13:00 ގެ ކުރިން

11 ޖަނަވަރީ 2026
ހޯދާ