ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 (ސަތޭކަ) ހައުސިންގ ޔުނިޓު ދޫކުރުމާ ގުޅޭ
ސަރުކާރުގެ، ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 (ސަތޭކަ) ހައުސިންގ ޔުނިޓު ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓްގައި (G-33/2025 ބ. ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓު ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު) ވަނީ ޝާއިއުކޮށްފައެވެ. ބުނެވިދިޔަ އުސޫލުގެ ދަށުން ހައުސިންގ ޔުނިޓަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން، އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް (https://hiyaavehi.housing.gov.mv) މެދުވެރިކޮށެވެ.
އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލެވިފައިވާނީ 11 ޖަނަވަރީ 2026، ވަނަ ދުވަހުގެ 12:00 އިން ފެށިގެން 11 އެޕްރީލް 2026 ވަނަ ދުވަހުގެ 23:59 އާ ހަމައަށެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް މިނިސްޓްރީގެ 4004900 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ހޯއްދެވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން މިނިސްޓްރީގެ [email protected] އަށް އީމެއިލް ފޮނުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
