ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓަންޓް ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

 

 

 

ނަންބަރު HMH | IUL | 2026 | 004 

ވަޒީފާގެ ފުރުޞަތު

 

މަޤާމު

އެސިސްޓަންޓް ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމްގެ ނަންބަރު

J-413808

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 4، ސްޓެޕް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ހުޅުމާލެ ހޮސްޕިޓަލް، ކ.ހުޅުމާލެ

އެކައުންޓްސް އެންޑް ފައިނޭންސް ޑިޕާޓްމެންޓް 

މުސާރަ:

މަހަކު -/8,505 ރުފިޔާ

މަގާމުގެ އެލަވަންސް:

މަހަކު -/2,555 ރުފިޔާ

ހާޒިރީ އިނާޔަތް:

-/70 ރުފިޔާ (މަސައްކަތަށް ނުކުންނަ ދުވަހަކަށް)

އިތުރު އިނާޔަތްތައް

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް ( 01 ނޮވެމްބަރ 2025 އިސްލާހާއި އެއްގޮތަށް ) އިތުރު ގަޑީގެ  ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ހޮސްޕިޓަލުން ކްރެޑިޓަށް ގަނެފައިވާ މުދަލާއި ޚިދުމަތްތަކުގެ ބިލްތައް ޗެކްކޮށް، ޕޭމަންޓް ވައުޗަރ ތައްޔާރުކުރުމާއި، ބިލް އަދި ޕޭމަންޓް ވައުޗަރ ރަޖިސްޓްރީ އަޕްޑޭޓްކުރުން.
  2. ޕެޓީކޭޝް ދޫކުރުމާއި ފްލޯޓް ބެލެހެއްޓުމާއެކު، ޕެޓީކޭޝް ޚަރަދުތައް އެސް.އޭ.ޕީ ސިސްޓަމުގައި ރެކޯޑްކުރުން.
  3. ތިޖޫރީގެ ޓްރާންސެކްޝަންތައް ރެކޯޑްކުރުމާއި، ބެލެންސްކޮށް ބެލެހެއްޓުމާއި، ތިޖޫރީ ރިޕޯޓު ތައްޔާރުކުރުން
  4. ވެންޑަރުންނަށް ފޮނުވާފައިވާ ޕަރޗޭސް އޯޑަރތައް ޗެކްކުރުމާއި، ބިލް ނުފޮނުވާ ފަރާތްތަކަށް އެންގުމާއި، ވެންޑަރުންގެ ސްޓޭޓްމަންޓްތައް ރިކޮންސައިލްކޮށް ޕޭމަންޓް އަޕްޑޭޓް ދިނުން
  5. މަހުންމަހަށް ދައްކަންޖެހޭ ޔޫޓިލިޓީ ބިލްތަކުގެ ޓްރެކަރ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ބޭންކުތަކަށް ޕޯސްޓްކުރެވިފައިވާ ބިލްތަކުގެ ޕޭމަންޓް ކްލިއަރވެފައިވޭތޯ ޗެކްކުރުން.
  6. ހުޅުމާލެ ހޮސްޕިޓަލާއި އެއަރޕޯޓް މެޑިކަލް ކްލިނިކަށް ދުވަހުން ދުވަހަށް ލިބޭ ޕީ.އޯ.އެސް، ބަނޑޭރިޕޭ އަދި މެމޯ ފަދަ ތަފާތު ގޮތްގޮތުން ލިބޭ ފައިސާ ކައުންޓަރ މުވައްޒަފުންގެ ރިޕޯޓްތަކާ އަޅާކިޔައި ޗެކްކުރުމަށްފަހު އާމްދަނީ ޝީޓަށް އެޅުމެވެ. އޭގެފަހުން ޕީ.އޯ.އެސް ޝީޓާއި ރެވެނިއު ޝީޓް އަދި ބަނޑޭރިޕޭ ރިސީޕްޓްތައް ތައްޔާރުކޮށް ޖަރނަލް ވައުޗަރ ހެދެއެވެ. އާމްދަނީގައި މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، ޕީ.އާރް ޑިޕާރޓްމެންޓާ ގުޅައިގެން ނުވަތަ މެއިލްކޮށްގެން އެކަން ހައްލުކުރެވެއެވެ
  7. އާމްދަނީ މަސްދުވަހުގެ ރިޕޯޓް ހެދުން: ކޮންމެ މަހެއް ނިމުމުން އެ މެހެއްގައި ހޮސްޕިޓަލާއި އަދި ހޮސްޕިޓަލްގެ ފަރާތުން ގާއިމް ކުރެވިފައިވާކުލިނިކުތަކުންދެވިފައިވާ ހިދުމަތްތަކަށް ލިބިފައިވާ އާމްދަނީ ފައިސާ ސެޕްސިސްޓަމުގައި ރެކޯރޑް ކުރެވިފައިވޭތޯ ޗެކް ކުރުމަށްފަހު ކޮންމެމަހެއްގެ ވެސް 10 ގެ ކުރިން ރިޕޯރޓް އާމްދަނީ ރިޕޯޓްތައްޔާރުކުރުން
  8. އައުޓްސްޓޭންޑި ސްޓޭޓްމަންޓް ހެދުން: އެކި ފަރާތްތަކަށް ފޮނުވާފައިވާ ކްޜެޑިޓް ބިލްތަކުގެ ތެރެއިން ފައިސާ ލިބިފައި ނުވާ ބިލްތައް ފާހަގަކޮށް އައުޓްސްޓޭންޑިންގ ސްޓޭޓްމަންޓް ހަދައި އެޗް،އޯޑީގެ އެޕްރޫވަލްއާއި އެކު އެ ފަރާތަކަށް ފައިސާ ހޯދުމަށް ފޮނުވުން.
  9. ކޮންމެދުވަހަކުވެސް ހޮސްޕިޓަލަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާއަށް ހެދޭ ޕީ އޯ އެސް ޝީޓް، ރެވެނިއު ޝީޓް،ބަނޑޭރިޕޭ ޕޭމަންޓުތަކަށް ރިސިޕްޓް އަދި ޖާރނަލް ވައުޗަރ އެސް.އޭ.ޕީ ސިސްޓަމަށް އެޅުން.

10. ސެޕް އެންޑް ރެވެނިއު ރިކޮންސިލޭޝަން :ކޮންމެ މަހަކުވެސް އެ މަހެއްގައި ސެޕް ސިސްޓަމްގައި ރެކޯރޑް ކުރެވިފައިވާ އާމް ދަނީގެ ރިޕޯޓެއްނައި ލިބިފައިވާ އާމްދަނީއާއި އަޅާކިޔައި ހޮސްޕިޓަލުން ރެކޯރޑް ކުރެވިފައިވާ ރެވެނިއިގެ އިތުރުން ސެޕްގައި ރެކޯރޑް ކުރެފިވާ އާމް ދަނީ ފައިސާ މިސާލަކަށް މުވައްޒަފުންގެ ގަޑީ ލާރި، އެލްޑީގެ ގޮތުގައި ބިލްތަކުން ކެޑި ފައިވާ ފައިސާ އަދި މީގެ އިތުރުންވެސް އިންޓަރ އޭޖެންސީ މެދުވެރިކޮށް ސެޕް ސިސްޓަމުގައި ރެކޯރޑް ކުރެވިފައިވާ ފައިސާ ހޮސްޕިޓަލްގެ ރެވިނިއު ރަޖިސްޓަރ އަށް އަޅައި ރިކޮންސައިލްކުރުން.

މަޤާމުގެ ޝަރުތު

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީދާއިރާތައް

އެކައުންޓިންގ، ބިޒްނަސް އެކައުންޓިންގ، ޕަބްލިކް އެކައުންޓިންގ، އެކައުންޓިންގ ޓެކްނީޝަން، ފައިނޭންސް، އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ،ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ: ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ، މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަން ނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް  (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

  1. (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ

.

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ%60  (ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު،ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، އަދި އިމްތިޙާނު އޮންނާނީ، 2026 ޖަނަވަރީ 20 އާއި 2026 ފެބްރުއަރީ 10 އާ ދެމެދު، ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350118 ނަންބަރު ފޯނަށް  ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.  އީ-މެއިލް ކުރާނީ  [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

 

 

11 ޖަނަވަރީ 2026
ހޯދާ