އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމިއްލަ ފަރާތްތަކުން ކުނިކޮއްޓަށް ގެންދާ ކުނިން ފީނެގުމާބެހޭ

ކުނިކޮއްޓަށް ޖަމާވާ ކުނީގެ ނިސްބަތް ވަރަށް ބޮޑުތަނުން އިތުރުވެފައިވާތީ، ރަނގަޅަށް ކުނި މެނޭޖްކޮށް ކުނިކޮށި ބެލެހެއްޓުން ހަރުދަނާ ކުރުމަށް މުވައްޒަފުން އިތުރު ކުރެވިފައި ވުމާއި، އެކަމަށް ހިނގާ ޚަރަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވާތީ، އަމިއްލަ ފަރާތްތަކުން ކުނިކޮއްޓަށް ގެންދާ ކުނިން ފީނެގުން އަލުން ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފީ ނެގުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.

ވެހިކަލްގައި ގެންދާ ކުނިން ފީނެގުން

ވެހިކަލްގެ ސައިޒު

ނެގުމަށް ހަމަޖެހިފައިވާ ފީ

2 ޓަނަށްވުރެ ބޮޑު ޕިކަޕް / ލޮރީ

100 ރުފިޔާ

2 ޓަނުގެ ޕިކަޕް

75 ރުފިޔާ

1.5 ޓަނުގެ ޕިކަޕް

50 ރުފިޔާ

1000 ކިލޯ އަދި 1500 ކިލޯ އާ ދެމެދުގެ އުފުލޭ ރަށު ޕިކަޕް

40 ރުފިޔާ

1000 ކިލޯއިން ދަށުގެ ރަށު ޕިކަޕް

30 ރުފިޔާ

1000 ކިލޯ އިން ދަށުގެ އާދައިގެ ޕިކަޕް

30 ރުފިޔާ

ބަދިގޭގައި އުފެދޭ ކާބޯތަކެތި އަދި ތަރުކާރީއާއި މޭވާ އާއި މަހުގެ ބާވަތްތަކުގެ ކުނި

 ކުނިކޮށި ބަންދުކޮށްފައި ހުންނަ ގަޑިތަކުގައި ގެންދާ ކުންޏަށް ނަގާފީ، އެހެން ގަޑިތަކުގެ ނަގާ ޢަދަދުގެ ދެގުނަ އިތުރު ވާނެއެވެ.

                 ވީމާ، 11 ޖަނަވަރީ 2026 ވާ އާދީއްތަ ދުވަހުންފެށިގެން ކުނިކޮއްޓަށް ކުނިގެންދާ އެންމެހައި ފަރާތްތަކުން ކުނިގެންދަންވާނީ ހަމަޖެހިފައިވާ އުޞޫލުން ކައުންސިލްގެ އެކައުންޓަށް ނުވަތަ ކައުންސިލަށް ފައިސާ ދެއްކުމަށް ފަހުގައެވެ. ފައިސާ ދައްކާފައިވާ ސްލިޕް ކުނިކޮށީގައި ތިބޭ ފަރާތްތަކަށް ދެއްކުމަށް ކުނިކޮއްޓަށް ކުނި އެޅޭނެ އިންތިޒާމް ހަމަޖެހޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި ކައުންސިލްގެ ނަންބަރު 6680631 ނަންބަރަށް އަދި އޮފީސް ބަންދު ގަޑީގައި ކައުންސިލްގެ ހޮޓްލައިން ނަންބަރު 9593939 އަށް ގުޅުން އެދެމެވެ. މީގެ އިތުރުން ކައުންސިލްގެ ވެރިއަކަށް ނުވަތަ މުނިސިޕަލް ޚިދުމަތްތަކާ ބެހޭ ބައިގެ މުވައްޒަފަކަށް ގުޅުމުންވެސް މަޢުލޫމާތު ސާފު ކުރެވޭނެއެވެ.

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

09 ޖަނަވަރީ 2026
ހޯދާ