އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާ ކުނޑިއާއި ގައު އަދި ކޮންކްރީޓް ފަދަ ތަކެތި އެޅުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ތަކެތި އެޅުމާބެހޭ

ގާ ކުނޑިއާއި ގައު އަދި ކޮންކްރީޓް ފަދަ ތަކެތި އެޅުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ( ރަށުގެ ހުޅަނގު އުތުރު ކަންމަތި) ތަކެތި ގެންގޮސް ގޯނީގައި އެތަނަށް އެޅުން މަނާކޮށް، ކައުންސިލަށް އެނގިފައި ނޫނީ އެސަރަޙައްދަށް ތަކެތި ނޭޅުމަށް ތަކުރާރުކޮށް އަންގައި އިޢުލާނު ކުރިނަމަވެސް ތަކެތި ގެންދާ ފަރާތްތަކުން މިއާ ޚިލާފަށް ޢަމަލުކޮށް ގޯންޏާއެކު ގޮނޑުދޮށަށް އަޅަމުންދާކަން ހިތާމަޔާއެކު ފާހަގަ ކުރަމެވެ. އަދި މިގޮތަށް ޢަމަލު ކުރުމުގެ ސަބަބުން އުދަ އަރައި، މިތަނަށް އަޅާފައިވާ ގޯނިތައް ފަރުމައްޗާއި ގޮނޑުދޮށަށް ގިނަ ޢަދަދަކަށް އެޅި މިކަމުގެ ސަބަބުން ސަފާރީ ބޯޓުތަކާއި ރަށުގައި އުޅޭ ފަރުރުވެރިންގެ ޝަކުވާ މިކައުންސިލަށް ނުހަނު ބޮޑަށް ދަނީ ލިބެމުންނެވެ.

               ވީމާ، މިސަރަޙައްދަށް ތަކެތި ގެންދާ ފަރާތްތަކުން ކައުންސިލްގެ ހުއްދަ ލިބިގެން، ކައުންސިލުގެ ބެލުމުގެ ދަށުން ނޫނީ  ތަކެތި ނޭޅުމަށް އަންގަމެވެ. އަދި މިކައުންސިލްގެ ހުއްދަނެތި ތަކެތި ގެންދިއުމާއި، ޚާއްޞަކޮށް ގޯންޏާއެކު މި ސަރަޙައްދަށް އެއްވެސް ބާވަތެއްގެ އެއްޗެއް އެޅުން ނުވަތަ އެތަނަށް އެޅުމަށް ހުއްދަ ނޯންނަ ބާވަތެއްގެ ކުނި އަޅައިފިނަމަ، މިރަށުގައި ޢަމަލުކުރާ ކުނިމެނޭޖް ކުރުމުގެ އުޞޫލުގައިވާ ގޮތަށް ޖޫރިމަނާ ކުރެވޭނެ ކަން އަންގަމެވެ. މިސަރަޙައްދަށް ތަކެތި އަޅަން ބޭނުންވާ ފަރާތްތަކުން ހުއްދަ ހޯދުމަށް، ރަސްމީ ގަޑީގައި ގުޅާނީ ކައުންސިލްގެ ނަންބަރު 6680631 އަށެވެ. އަދި އޮފީސް ބަންދު ގަޑިއެއްނަމަ ގުޅުއްވާނި ކައުންސިލްގެ ހޮޓްލައިން ނަންބަރު 9593939 އަށެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

08 ޖަނަވަރީ 2026
ހޯދާ