ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފެރީތަކާއި ލޯންޗްތަކާއި ކުދި އުޅަދުފަހަރަށް ބަނދަރު ބޭނުންކުރުމަށް އުނދަގޫވާގޮތައް ތޮށި ދިގަށް އުޅަދުފަހަރު އެޅުމާއިގުޅޭ.
މިފަހަކަށްއައިސް ބައެއްފަރާތްތަކުން ޕަބްލިކް ޓްރާސްޕޯޓްކުރާ ފެރީތަކާއި ލޯންޗްތަކާއި ޑިންގީތަކަށް އުދަގޫވާގޮތައް ބަދަރުގެ ތޮށި ދިގަށް ބޮޑެތި އުޅަދުފަހަރު އަޅާކަންވަނީ މިކައުންސިލަށް ފާހަގަކުރެވިފައެވެ. އަދި މިކަމާއި ގުޅިގެން ޢާއްމުރައްޔިތުންގެ ޝަކުވާ މިކައުންސިލަށްދަނީ ލިބެމުންނެވެ.
ވީމާ ، ފެރީތަކާއި، ކުދި އުޅަދުފަހަރުތަކަށް އުދަގޫވާގޮތައް އަރާފޭބުމަށް ޙާއްސަކުރެވިފައިވާ ފާލަންތަށް ބްލޮކްވާގޮތަށް ތޮށި ދިގަށް އޮޑިދޯނިފަހަރު އަޅާފައި ބޭއްވުމަކީ މަނާކަމެއްކަމުގައި ޢާންމުކޮށް އަންގައި ޢިއުލާންކުރަމެވެ.
08 ޖަނަވަރީ 2026
ހޯދާ
