ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޮޑު ޗުއްޓީ މަސްރޭސް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

މިރަށު ބަނދަރު ސަރަހައްދުގައި އަލަށް އިމާރާތް ކުރެވެމުންދާ މަސްއަށި ހުޅުވުމުގެ ގޮތުން އާންމުކޮށް ހުޅުވާލެވިގެން 15 ޖަނަވަރީ 2026 ވަނަ ދުވަހު މަސްބޭނުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި މުބާރާތުގައި ދެ ޖިންސުގެ ބޭފުޅުންނަށްވެސް ބައިވެރި ވެވޭނެއެވެ. ޓީމްލިސްޓްގައި، ކައްޕި ހިމެނޭހެން މަދުވެގެން 2 އަދި ގިނަވެގެން ޓީމެއްގައި ބައިވެރިވެވޭނީ 6 މީހުންނަށެވެ.  މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިޔަކީ 14 ޖަނަވަރީ 2026 ވާ ބުދަ ދުވަހުގެ 11:00 އެވެ. މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރެޖިސްޓްރީވުން އެދެމެވެ. މި މުބާރާތުގެ ގަވައިދު މި ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި މުބާރާތާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ، މި އިދާރާގެ ނަމްބަރު 6780034 އަށް ގުޅުއްވުން އެދެމެވެ.

ބައިވެރިވުމުގެ ފޯމް: https://forms.office.com/r/9vsgXNYrfD

08 ޖަނަވަރީ 2026
ހޯދާ