ދިވެހިރާއްޖެ
އިޢުލާން ނަންބަރު: ASND-HCM-IUL-2026-03
މަޤާމް: ރިސްކް އެނަލިސްޓް
ވަޒީފާގެ ބާވަތް: ދާއިމީ
ސެކްޝަން/ޔުނިޓް: ރިސްކް މެނޭޖްމަންޓް
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަސައްކަތުގެ ގަޑި: 8:00 އިން 16:00
މަޤާމުގެ ޝަރުތު:
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން (އޮޑިޓް، ފައިނޭންސް ނުވަތަ ރިސްކް މެނޭޖްމަންޓް ދާއިރާ)
- އެންޓަރޕްރައިސް ރިސްކް މެނޭޖްމަންޓުން ޕްރޮފެޝަނަލް ސެޓިފިކޭޝަން އަދި ތަޖުރިބާ ޙާޞިލްކޮށްފައިވާ ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ކުންފުނީގެ ރިސްކް ޕްރޮފައިލްގައި އަލަށް ފާހަގަކުރެވޭ ރިސްކްތައް ދެނެގަތުމަށް ރިސްކް ދިރާސާތައް ކުރުމާއި، އެކަންކަން ހުއްޓުވައި ރަނގަޅުކުރުމަށް ސްޓްރެޓެޖީތައް އެކުލަވާލުން.
- މެނޭޖްމަންޓަށް ރިޕޯޓުކުރުމަށް ރިސްކް ޑޭޝްބޯޑް/މެކޭނިޒަމް އެކުލަވާލުން.
- ރިސްކް މެނޭޖްމަންޓް ސިޔާސަތުތަކާއި އުސޫލުތައް އެކުލަވާލުމާއި، މައިގަނޑު ޙަރަކާތްތަކާއި، ރިސްކްތަކަށް ހުށަހެޅިފައިވާ މިންވަރު، ރިސްކް ލިމިޓްތައް އަދި ލިމިޓް ތަކާ ޚިލާފުވާ މިންވަރު ދެނެގަތުމަށް ރިޕޯޓުކުރުމުގެ ނިޒާމެއް ގާއިމުކުރުން.
- ކުންފުންޏަށް އަސަރުކުރާނެ އެތެރޭގެ އަދި ބޭރުގެ ކަންކަން ފާހަގަކޮށް، އޭގެ ނަތީޖާ ވަޒަންކުރުމާއި، އެކަންކަމުގެ ސަބަބުން ކުރިމަތިވެދާނެ ރިސްކްތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު ލަފާދިނުން.
- ކުންފުނީގައި ރިސްކް މެނޭޖްމަންޓް އާދަކާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، މުވައްޒަފުންނަށް ތަމްރީނު/ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުން.
- ރިސްކް މެނޭޖްމަންޓަށް އެކަށީގެންވާ އަދި ޢަމަލީގޮތުން ކުރެވޭނެ ޙައްލުތައް ހޯދުމަށް ކުންފުނީގެ ހުރިހާ ދާއިރާތަކާއެކު ވިލަރެސްކުރުން.
- ކުންފުނީގެ ސިޔާސަތުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ޢަމަލުކުރެވޭކަން ކަށަވަރުކުރުމަށް ބޯޑަށާއި މެނޭޖްމަންޓަށް ލަފާދިނުން.
- މެޑިކަލް އިންވެސްޓިގޭޝަންގެެ ރިސްކްތައް ދެނެގަނެ، މެޑިކަލް އިންވެސްޓިގޭޝަންގެ މެނޭޖްމަންޓް ޓީމަށް ސަޕޯޓްދިނުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ކުންފުނިތަކުގެ ހިންގުމާއި، ނިޒާމުތަކާއި، މަސައްކަތްތަކާއި، އެތެރޭގެ ސިޔާސަތުތަކާއި އުސޫލުތަކާއި، ރިސްކް މެނޭޖްމަންޓްގެ އެންމެ ރަނގަޅު އާދަކާދަތަކާ ބެހޭ ހޭލުންތެރިކަމާއި ތަޖުރިބާ ލިބިފައިވުން.
- ރިސްކް މެނޭޖްމަންޓްގެ އެންމެ ރަނގަޅު މިންގަނޑުތަކާ ބެހޭ މަޢުލޫމާތު އެނގިފައިވުން.
- މައްސަލަތަކާއި ދިމާވެދާނެ ރިސްކްތައް ބެލެހެއްޓުމުގައި ތަޙްލީލީ އަދި އިސްނަގައިގެން މަސައްކަތްކުރާ އުސޫލެއް ގެންގުޅުން.
- ރިޕޯޓު ލިޔުމާއި ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ޤާބިލުކަމާއެކު، އަނގަބަހުންނާއި ލިޔުމުން މުޢާމަލާތުކުރުމުގެ ރަނގަޅު ހުނަރާއި މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ރަނގަޅު ހުނަރު ލިބިފައިވުން.
މުސާރައާއި އިނާޔަތް:
- -/18،200 ރުފިޔާ
- ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް.
ކުރިމަތިލުމުގެ ސުންގަޑި: 15 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން
މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
- ޖޮބް އެޕްލިކޭޝަން ޕޯޓަލް ލިންކް: https://my.aasandha.mv/jobs/apply
ހުށަހަޅަންޖެހޭ ތަކެތި:
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ޚާއްޞަ ސަމާލުކަމަށް:
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ ކުނަފުންޔަށް ލިބިގެންވެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
