މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނައަހަރު ޤުރުއާން މުބާރާތުގެ ސައުންޑް ސެޓަޕް، ފޮޓޯ ނެގުމާއި އަދި ލައިވް ކޮށްދޭނެ ފަރާތެއް ހޯދުމަށް

1447 ވަނައަހަރު ދުވާފަރު ކައުންސިލް ބާއްވާ ޤުރުއާން މުބާރާތުގެ ފޮޓޯ ނެގުމާއި ލައިވް ކޮށްދިނުމާއި އަދި ސައުންޑް ގެ ކަންކަން ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ޢާންމުކޮށް ޢިއުލާން ކުރީމެވެ.  ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2026 ޖަނަވަރީ 08 ވަނަ ދުވަހުން ފެށިގެން 2026 ޖަނަވަރީ 13 ވާ އަންގާރަ ދުވަހުގެ 10:00 ގެ ނިޔަލަށް މިއިދާރާގެ ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދެމެވެ. އަދި ރަޖިސްޓްރީ ވުމަށް ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރަށް ހުށަހަޅުއްވައި ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުން އެދެމެވެ. 

 

ތާރީޚް

ދުވަސް

ގަޑި

ޕްރީ ބިޑް މީޓިންގ

13 ޖަނަވަރީ 2026

އަންގާރަ

10:00

އަންދާސީ ހިސާބު ހުށަހެޅުން

19 ޖަނަވަރީ 2026

ހޯމަ

10:00

 

ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފޯމް މި އިދާރާއިން ލިބިލައްވާނެކަމުގައި ދަންނަވަމެވެ.  

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

07 ޖަނަވަރީ 2026
ހޯދާ