ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުންބޭނުންވެއްޖެ

FSM-ADV/2026/002

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

މަޤާމް:

އޮފިސާރ، ކޯޕަރޭޓް އެފެއާރސް

ޑިޕާޓްމަންޓް/ސެކްސަން:

ކޯޕަރޭޓް އެފެއާރސް

ބޭނުންވާ ޢަދަދު:

01

މަސްޢޫލިއްޔަތު:

-          ކޯޕަރޭޓް ބައްދަލުވުންތައް، ދަތުރުތައް އަދި އެޕޮއިންޓްމަންޓްތައް އިންތިޒާމުކޮށް ކޯރޑިނޭޓް ކުރުން.

-          ބޯޑް ރޫމް ބުކިންގސްތައް ބެލެހެއްޓުން.

-          ޑިޕާޓްމަންޓުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ބެލެހެއްޓުން.

-          މަހުން މަހަށް ހުށަހަޅަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.

-          ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ، ކަނޑައެޅޭ މަސައްކަތްތައް ފޮލޯއަޕް ކުރުން.

-          ކުންފުނީގެ ސެކްރެޓޭރިއަލް މަސައްކަތްތަކަށް އެހީތެރިވުން.

ޝަރުތުތައް:

-          ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 4 މާއްދާއިން ފާސްވެފައިވުން.

-          ދިވެހި އަދި އިނގިރޭސި ބަހުން ރަނގަޅަށް ވާހަކަދައްކައި ލިޔަން ކިޔަން އެނގުން. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް (ވޯޑް، އެކްސެލް، އައުޓްލުކް، ޓީމްސް ފަދަ) ބޭނުންކުރަން އެނގުން.

މަހު މުސާރަ:

13,200ރ އާއި 14,400ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން11  ޖަނަވަރީ 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

07 ޖަނަވަރީ 2026

07 ޖަނަވަރީ 2026
ހޯދާ