މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާންމަހު ޙިޕްޡުކޮށް ތަރާވީޙް ނަމާދުކޮށްދޭނެ ފަރާތެއް ހޯދުން

ނަމްބަރ: (IUL)320-PRM/320/2026/2

 

އިޢުލާން

 

1447 ވަނަ އަހަރުގެ ރަމަޟާންމަހު ޙިޕްޡުކޮށް ތަރާވީޙް ނަމާދުކޮށްދޭނެ ފަރާތެއް ހޯދުން

 

1447 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ ބޭރު 4 (ހަތަރު) ޙާފިޡުން ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މަސައްކަތުގެ ތަފްޞީލް:

1-      ޙާފިޡު ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަ ހޯދުން.

2-      ޙާފިޡު ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން.

3-      ޙާފިޡު ރާއްޖެ ގެނައުމާއި ބ.އޭދަފުއްޓާއި ހަމައަށް ގެނެސްދިނުން.

4-      ޙާފިޡު މަލޭގައި މަޑުކުރައްވާ ދުވަހުގެ ހުރުމާ ކެއުން ހަމަޖެއްސެވުން.

5-      ރަމަޟާން މަސް ނިމުމުން، ޚިދުމަތަށް އެދޭ ފަރާތަށް ފޯރުކޮށްދިން ޙާފިޡުން އެރަށަކުން އަބުރާ މާލެ ގެނެސް އެބޭފުޅުންގެ ޤައުމަށް ފޮނުވާލުން

6-      ޙާފިޡު އިންޝުއަރެންސް ކުރަންޖެހޭނަމަ އިންޝުއަރކުރުން.

7-      ޙާފިޡުންނަށް މޯބައިލް ސިމްކާޑާއި އިނީޝިއަލް ރީޗާރޖް އެލަވަންސް ދިނުން

8-      ޙާފިޡުންނަށް ދޭ އެލަވަންސް އަދި އެހެނިހެން އިނާޔަތްތައް ހަމަޖެއްސުން

9-      ތަރާވީޙް ނަމާދުކުރުމަށް ގެނެވޭ ޙާފިޡުން އެންމެ ލަސްވެގެން 15 ފެބްރުއަރީ 2026 ގައި ބ. އޭދަފުށީގައި ތިބެވޭ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަކީ މަސައްކަތް ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.

10-  ޙާފިޡުން ގެނައުމުގެ އިންތިޒާމް ހަމަޖައްސަންވާނީ، ޙާފިޡުން ގެނައުމުގެ ކުރިން ޙާފިޡުން ކިޔެވުމުގެ ރެކޯޑިން މި އިދާރާއިން ކަނޑައަޅާ ފަރާތަކާއި ހަވާލުކޮށް ޙާފިޡުންގެ ކިޔެވުމާއި މެދު ކައުންސިލުން ދެކޭ ގޮތަށް ރިއާޔަތްކުރުމަށްފަހުއެވެ.

 

 

މި ބިޑާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ޖަނަވަރީ 08 ވަނަ ދުވަހުގެ 12:00ގެ ކުރިން ލިއުމަކުން މި ކައުންސިލަށް ފޮނުވާދިނުން އެދެމެވެ.

 

 

 

 

ބީލަމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-      ކޮޓޭޝަން / އެސްޓިމޭޓް

2-      ބީލަން ފޯމް

3-      ވިޔަފާރި ރެޖިސްޓްރޭޝަން ސެޓްފިކެޓް

4-      އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްނަމަ އައިޑީ ކާރޑް ކޮޕީ

 

 

ބީލަންތައް އިވެލުއޭޓް ކުރުން:

#

ތަފްޞީލް

1

މަސައްކަތް ހުށަހަޅާ އަގު: (90 ޕޮއިންޓް)

(Benchmark Price / Submitted Price) x Allocated Percentage

2

މަސައްކަތުގެ ތަޖުރިބާ (10 ޕޮއިންޓް)

އެންމެ ގިނަ މާކްސް ލިބޭނީ މިފަދަ މަސައްކަތްތައް ކޮށްފައިވާ ކަމަށް ލިޔުމުން އެންމެ ގިނަ ލިޔުންހުށަހަޅާ ފަރާތަކަށް

ތަޖުރިބާގެ ލިޔުންތައް ކަމައްބަލައި ޕޮއިންޓްދެވޭނީ މިފަދަ މަސައްކަތްތަކަށް 01 ޖެނުއަރީ 2023 ވަނަ ދުވަހުން ފެށިގެން ބީލަން ހުށަހަޅާ ދުވަހާއި ހަމައަށް ކޮށްފައިވާ މަސައްކަތްތަކަށް ދޫކޮށްފައިވާ ލިޔުންތަކަށެވެ.

 

ބީލަން ހުށައެޅުން

ބީލަން ހުށަހެޅުން އޮންނާނީ 2025 ޖެނުއަރީ 12 ވާ ހޯމަ ދުވަހުގެ 11:30 ގައި ބ.އޭދަފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. ބީލަން  ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

18  ރަޖަބު   1447

07 ޖަނަވަރީ 2026
ހޯދާ