ދިވެހިރާއްޖެ
އިއުލާން
ހައިޑްރޯފްލޮރޯކާބަންސް (އެޗް.އެފް.ސީ) ދިވެހިރާއްޖެއަށްއެތެރެކުރާ މިންވަރު ކޮންޓްރޯލް ކުރުން
އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ މުއާހަދާ "މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރ" އަށް ގެނެވުނު އިސްލާހު "ކިގާލީ އެމެންޑްމަންޓް" ގެ ދަށުން 2024 ވަނަ އަހަރުން ފެށިގެން ހައިޑްރޯފުލޮރޯކާބަންސް (އެޗް.އެފް.ސީ) ދިވެހިރާއްޖެ އެތެރެކުރާ އަދި ބޭނުންކުރާ މިންވަރު މަދުކުރުމަށް ވަނީ ފަށާފައެވެ.
އެޗް.އެފް.ސީ ގޭހަކީ ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ފަދަ ފިނިކުރުމަށް ބޭނުންކުރާ އާލާތްތަކުގައި ބޭނުންކުރާ ގޭހުގެ ބާވަތެކެވެ. ކިގާލީ އެމެންޑްމަންޓްއަކީ، މިފަދަ އާލާތްތަކުގައި ބޭނުންކުރާ، ޖައްވު ހޫނުވުމަށް ކޮންޓިރިބިއުޓް ކުރާ އެޗް.އެފް.ސީ ގޭސް މަދުކޮށް، ކޮންޓްރޯލްކުރުމަށް ގައުމުތަކުން އެކުގައި މަސައްކަތްކުރުމަށް ވެފައިވާ އެއްބަސްވުމެކެވެ. އެޗްއެފްސީއަކީ ޖައްވު ހޫނުކުރާ މިންވަރު (ގްލޯބަލް ވާރމިން ޕޮޓެންޝިއަލް) މަތި ގޭހެކެވެ. މި އިސްލާހުގެ ދަށުން، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން 2019 ވަނަ އަހަރުން ފެށިގެން އެޗް.އެފް.ސީ މާއްދާތައް މަދުކުރުމަށް މަސައްކަތްކުރަން ފަށަންޖެހެވެ. އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުން 2024 ވަނަ އަހަރާއި 2028 ވަނަ އަހަރާއި ދެމެދުގައި އެޗް.އެފް.ސީ ބޭނުން ކުރުން ކޮންޓްރޯލްކޮށް މަދުކުރަން ޖެހޭނެއެވެ.
ދިވެހިރާއްޖެއިންވެސް 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެޗް.އެފް.ސީ އެތެރެކުރާ މިންވަރު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ވަނީ މަސައްކަތް ފަށާފައެވެ. ރާއްޖެ ހިމެނޭ A5 – ޑިވެލޮޕިންގ ކަންޓްރީސް، ގްރޫޕް 1 ގެ ޤައުމުތަކުން، މި މިންވަރު ކަނޑައަޅަން ގެންގުޅެނީ، އެ ޤައުމަކުން 2020-2022 އަށް ބޭނުންކޮށްފައިވާ އެޗްއެފްސީގެ އެވްރެޖްއާއި އެޗްސީއެފްސީގެ ބޭސްލައިންގެ %65 ގެ މައްޗަށް ބިނާކޮށް އޭގެ ގްލޯބަލް ވާމިން ޕޮޓެންޓިއަލް (ޖީ.ޑަބްލިއު.ޕީ) ހުންނަ މިންވަރަށް ބަލައިގެން ކަނޑައަޅާ މިންގަނޑެކެވެ.
ޖީ.ޑަބްލިއު.ޕީ އަކީ ގްރީންހައުސް ގޭހެއް ޖައްވަށް ބޭރުވުމަށްފަހު އެ ގޭހަކުން އިންފްރާރެޑް ތާމަލް ރޭޑިއޭޝަން ހިފަހައްޓާ މިންވަރު ވަޒަންކުރާ އިންޑެކްސްއެކެވެ. އެކި ގޭހުގައި ޖީ.ޑަބްލިއު.ޕީ ޕޮޓެންޝިއަލް ހުންނާނީ އެކި މިންވަރަށެވެ. ދިވެހިރާއްޖޭގައި އާންމުކޮށް ބޭނުންކުރާ އެޗް.އެފް.ސީ އާ އެޗް.އެފް.ސީ ބްލެންޑްސްގެ ޖީ.ޑަބްލިއު.ޕީ މިންވަރު ދައްކައިދޭ ތާވަލެއް ތިރީގައި އެވަނީއެވެ.
|
GWP value |
Refrigerant |
|
|
675 |
R-32 |
|
|
1430 |
|
|
|
14800 |
R-23 |
|
|
3922 |
R-404A |
|
|
2107 |
R-407A |
|
|
1774 |
R-407C |
|
|
2088 |
R-410A |
|
|
3985 |
R-507A |
|
|
2346 |
R-417A |
|
|
|
R-417B |
|
|
2265 |
R-438A |
ދިވެހިރާއްޖެ ނިސްބަތްވާ ގްރޫޕުގެ ގައުމުތަކުން އެޗްއެފްސީ ކޮންޓްރޯލްކޮށް މަދުކުރަންޖެހެނީ ތިރީގައިވާ ތާވަލާއި އެއްގޮތަށެވެ.
| Baseline formula | A5 parties (developing countries) - Group 1 | A5 parties (developing countries) - Group 2 | Non-A5 parties (developed countries) |
| Average HFC consumption levels for 2020-2022 + 65% of hydrochlorofluorocarbon (HCFC) baseline | Average HFC consumption levels for 2024-2026 + 65% of HCFC baseline | Average HFC consumption levels for 2011-2013 + 15% of HCFC baseline | |
| Freeze | 2024 | 2028 | - |
| 1st step | 10% - 2029 | 10% - 2032 | 10% - 2019 |
| 2nd step | 30% - 2035 | 20% - 2037 | 40% - 2024 |
| 3rd step | 50% - 2040 | 30% - 2042 | 70% - 2029 |
| 4th step | 80% - 2024 | ||
| Plateau | 80% - 2045 | 85% - 2047 | 85% - 2036 |
ދިވެހިރާއްޖެއިން އެޗްއެފްސީ މަދުކުރުމަށް ކަނޑައަޅާފައިވާ އަހަރީ ކޯޓާ އަކީ 433,063.819 CO2eq އެވެ. ވީމާ، 1 ޖެނުއަރީ 2026 އިން ފެށިގެން 31 ޑިސެމްބަރު 2026 އަށް ދިވެހިރާއްޖެއަށް އެޗްއެފްސީ އެތެރެކުރެވޭނެ އެންމެ ގިނަ މިންވަރަކީ 433,063.819 CO2eq އެވެ. މި އަދަދު ހަމަވަންދެން، އެޗްއެފްސީ އެތެރެކުރުމަށް ހުއްދައަށް އެދޭ ފަރާތްތަކަށް ހުއްދަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެންމެ ގިނަވެގެން އެއްފަހަރާ ހުއްދައަށް އެދި ހުށަހެޅޭނީ މަތީގައި ދެންނެވިފައިވާ CO2eq ގެ އަށްވުރެ އިތުރު ނުވާނެ މިންވަރަކަށެވެ. އަދި ޝިޕްމަންޓް އޯޑަރ ދިނުމުގެ ކުރިން މަކުޑި ޕޯރޓަލް މެދުވެރިކޮށް ހުއްދަ ހޯދަންވާނެއެވެ.
06 ޖެނުއަރީ 2026
