ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީ އޮމަދޫގެ ލޭންޑް ޔޫޒް ޕްލޭން އަދާހަމަ ކުރާނެ ފަރާތެއް ހޯދުމަށް
އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު:
މިރަށު ލޭންޑް ޔޫޒް ޕްލޭން އަދާހަމަ ކުރުމުގެ މަސައްކަތް ކުރުމަށް ކުރެވުނު ނަންބަރު (IUL)348-EM/348/2025/71އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮއްފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބިޑް ރަޖިސްޓްރީ ކުރުން
މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން، 2026 ޖަނަވަރީ 4ވާ އާދީއްތަ ދުވަހުން ފެށިގެން 2026 ޖަނަވަރީ 11 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ފޮނުއްވުމަށް އެދެމެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަންފޮތް މެއިލް މެދުވެރިކޮށް ފޮނުވޭނެވާހަކަ ދަންނަވާލަމެވެ.
ރަޖިސްޓަރީވުމަށް: https://forms.office.com/r/Uyvbq9E23c
މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށަހެޅޭނީ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. ކުންފުންޏެއް ނަމަ، ކުންފުނީގެ ލެޓަރ ހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭނޭ ގޮތަށް ލިޔެފައި ފޮނުވަންވާނެއެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރުން
މި ބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި ކައުންސިލްގެ މެއިލް [email protected] މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ބިޑް ހުށަހެޅުން
މި މަސައްކަތުގެ ބީލަން ހުށައެޅުން އޮންނާނީ 2026 ޖަނަވަރީ 20 ވާ އަންގާރަ ދުވަހު ހެނދުނު 09:25 ގެ ކުރިން އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލް އިދާރާއަށެވެ. 2026 ޖަނަވަރީ 20 ވާ އަންގާރަ ދުވަހު ހެނދުނު 09:25 ގެ ފަހުން ބީލަން ހުށަހަޅާ ފަރާތްތަކުގެ ބީލަން ބަލައި ނުގަނެވޭނެކަން އަންގަމެވެ. ބީލަން ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އެ ނޫން ގޮތަކަށް ހުށަހަޅާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ބިޑް ހުޅުވުން
މި މަސައްކަތުގެ ބިޑް ހުޅުވުން އޮންނާނީ 2026 ޖަނަވަރީ 20 ވާ އަންގާރަ ދުވަހު ހެނދުނު 09:30 ގައި އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލް އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
ކުރަންޖެހޭ މަސައްކަތްތައް:
- މިހާރު ހަދާފައިވާ ރަށުގެ ލޭންޑް ޔޫޒް ޕްލޭންއަށް ތިރީގައި ބަޔާންކުރެވިފައިވާގޮތަށް އުނި އިތުރު ގެނައުމަށް
- އޮމަދޫ ދެކުނު ތިލަ، ކުޑަދުއިފަޅު، ރިއްމަސްގިރި އަދި ކަމާފުށި ފިނޮޅު ރަށުގެ ލޭންޑް ޔޫޒް ޕްލޭންތެރޭގައި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ހިމެނުން
