ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ ނ.ކުޑަފަރި ކައުންސިލަށް އެޗްޑީޕީޢީ ފުލޯޓިންގ ބުލޮކްސް ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދާންބޭނުންވެއެވެ. ވީމާ، ބީލަމުގައި ބައިވެރިވުމަށް ތިރީގައިއެވާ ލިންކް އިން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުށަހަޅާނީ މިއަދުން ފެށިގެން 2026 ޖަނަވަރީ 13 ވާ އަންގާރަ ދުވަހު މެންދުރު 12:00 ގެ ކުރިން، ތިރީގައި ދީފައި އެވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ.
- ރެޖިސްޓްރޭޝަން ލިންކް: https://shorturl.at/Tpp3y
ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2026 ޖަނަވަރީ 20 ވާ އަންގާރަ ދުވަހު މެންދުރު 13:00ގައި މި އިދާރާ ގައެވެ. އެއްވެސް ބައްދަލުވުމެއް ބޭއްވުމަށް ކަނޑައަޅާފައިވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފިނަމަ އެ ބައްދަލުވުމެއް އޮންނާނީ ޖެހިގެން އެންމެ އަވަށް ހުޅުވޭ ރަސްމީ ދުވަހެއްގެ ދެންނެވިފައިވާ ގަޑީގައެވެ.
މި މަސައްކަތަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރައްވައިފައި ވާ ފަރާތްތަކަށެވެ.
ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުއްވާ ނަމަ، އެ ކަން އަންގައިދޭ ސިޓީއަކާއި ބަދަލު ގައި އަންނަ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ފޮޓޯ އަކާ އެކު ފޮނުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރައްވާން ތިރީގައި ވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.
|
ކައުންސިލް އިދާރާގެ ފޯނު ނަންބަރު: |
6560015 |
|
ކައުންސިލް މޯބައިލް ފޯނު ނަންބަރު: |
7763264 |
|
ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް: |
