ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައު ތަކެތި ނީލާމުގައި ވިއްކާލުން

ނީލަން ކިޔުން

މި ކުންފުނީގައި ހުރި ބައުވެފައިވާ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

ތަކެތީގެ ތަފްޞީލް:

-  150 ހުސްފީފާ (200 ލީޓަރ)

ނީލަން ފެށޭ އަގު:

7,500.00ރ (ހަތްހާސް ފައްސަތޭކަ ރުފިޔާ) 

ނީލަމުގެ އަގަށް އިތުރު ކުރެވޭނެ މަދު މިންވަރު:

400.00ރ (ހަތަރުސަތޭކަ ރުފިޔާ) 

މަޢުލޫމާތު ސާފުކުރުމާއި ތަކެތި ބެލުން:

2026 ޖަނަވަރީ 08 ވާ ބުރާސްފަތި ދުވަހުގެ10:00  ގައި

އަގު ހުށަހަޅާނެ ތާރީޚް: 

2026 ޖަނަވަރީ11  ވާ އާދީއްތަ ދުވަހުގެ 10:00 ގައި

ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:

ހުށަހަޅުއްވާ އެންމެމަތީ އަގާއި، އައި.ޑީ.ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏަކުން ހުށަހަޅުއްވާ ނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއެކު ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހު ނީލަމަށް ކަނޑައަޅާފައިވާ ވަގުތުގައި ހުށަހަޅަން ވާނެއެވެ.

ތަކެތި ހުރި ތަން:

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ހުޅުމާލެ / ހުޅުމާލެ ޕަވަރޖެނެރޭޝަން

މަޢުލޫމާތު ސާފުކުރުމާއި އަގު ހުށަހަޅާނެ ތަން:

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، މާލެ / ހެޑް އޮފީސް

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ފޯނު ނަންބަރު: 7325332/3338150 އަށެވެ.

 

ނޯޓް: 

      މި ނީލަމުގައި ބައިވެރިވުމަށް ފުރުޞަތު ލިބިދެވޭނީ، މި އިޢުލާނުގައި މަޢުލޫމާތު ސާފުކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. 

                                16 ރަޖަބު  1447  

                                05 ޖަނަވަރީ 2026

05 ޖަނަވަރީ 2026
ހޯދާ