ދިވެހިރާއްޖެ
ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން މި ސްކޫލްގެ ހޯލް އަދި ކްލާސްރޫމްތަކުގައި ކުރަން ޖެހޭ މަރާމާތުތައް ކުރުން
މިމަދަރުސާގެ ނަމްބަރ: GS33(IUL)/2025/21 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީވެ، އެބިޑް ބާތިލްކޮށް އަލުން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކުރަމެވެ.
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ސްކޫލްތައް އެއަރކަންޑިޝަން ކުރުމަށްޓަކައި ސްކޫލްގެ ކުލާސްރޫމުތަކާއި، ހޯލްގެ ސީލިންގގެ އަދި ދޮރުތަކުގައި ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ކުރުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް، އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. އަދި އެކަށީގެންވާ އަގެއްގައި ހުށައަޅާ ފަރާތަށް މި މަސައްކަތް ދިނުމުގެ ފުރުޞަތު އޮންނާނެއެވެ.
- މިޕްރޮކިއުމަންޓުގައި ރަޖިސްޓްރީ ކުރުމަށް 2026 ޖަނަވަރީ 06 ން 2026 ޖަނަވަރީ 08 ވާ ބުރާސްފަތި ދުވަހުގެ 14.00ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ނުވަތަ ސްކޫލަށް ގުޅައިގެން، މިބީލަމަށް ރަޖިސްޓަރީވުން އެދެމެވެ.
2. މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026ޖަނަވަރީ 11 ވާ އާދިއްތަ ދުވަހުގެ 09:00 ގައި މި ސްކޫލުގައެވެ.
3. ބިޑް ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026ޖަނަވަރީ 14 ވާ ބުދަ ދުވަހުގެ 13:00 ގައި މި ސްކޫލުގައެވެ.
4. މި ބީލަމުގައި ބައިވެރިވެވޭނީ މަތީގައި ދެންނެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.
5. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ.
ބ. އަތޮޅު މަދަރުސާ
ފޯން: 6600034
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
16 ރަޖަބް 1447
05 ޖަނަވަރީ 2026
