މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދެވިފައިވާ ފުރުޞަތާއިގުޅޭ

      ރ.ކިނޮޅަހު އޯޝަންވިލާ ޙާމިދު އިސްމާއިލް، ރ.އަތޮޅުގެ ކޮންމެރަށަކުން އެކަކަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، ޙައްޖަށްގެންދާ ޖަމާޢަތަށް ދައްކަންޖެހޭ ފައިސާ، އެބޭފުޅާގެ ޚަރަދުގައި ހަމަޖެއްސުމަށް ހުޅުވާލާފައިވާ ފުރުޞަތާއި ގުޅިގެން ދަންނަވަމެވެ. މިފުރުޞަތު ހުޅުވާލެވިފައިވަނީ އުމުރުން 40 އަހަރު ފުރިފައިވާ އަދި މީގެ ކުރިން ފަރުޟު ހައްޖެއް ވެފައިނުވާ ފަރާތްތަކަށެވެ.

      ވީމާ، މިކަމަށްއެދޭ މަތީގައި ދެންނެވިފައިވާ ޝަރުތުތައް ހަމަވާ ބޭފުޅުން، 2026 ޖެނުއަރީ 18 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް އެކަމަށްއެދި ސިޓީ އާއި އައިޑީކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށައަޅުއްވާނަމަ ހުށައަޅުއްވާނީ [email protected] އަށެވެ. އިދާރާއަށް މެއިލް ލިބުނުކަން ކަށަވަރު ކުރުމަކީ ހުށައަޅުއްވާ ފަރާތުގެ ޒިންމާއެކެވެ. އަދި ޝަރުތު ހަމަވާ އެކަކަށްވުރެ ގިނަފަރާތްތަކުން ކުރިމަތިލާފައިވާނަމަ، މީހަކު ހޮވުން ކުރިއަށް ގެންދެވޭނީ ގުރުއަތުލައިގެންނެވެ.

      މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޖަނަވަރީ 2026
ހޯދާ