ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާންމަހު ގދ. ރަތަފަންދޫ މަސްޖިދުލް ރަޙްމާންގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްދެއްވާނެ ފަރާތެއް ވަނީ ހޯދުމަށް ބޭނުންވެފައެވެ.
ވިމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ނުވަތަ ރާއްޖެއިން ބޭރުން ޙާފިޡުން ގެނައަމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވަރިވެލައްވާ ފަރާތްތަކުން، 12 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އަގު ބަޔާންކޮށް ކޯޓޭޝަން ނުވަތަ އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
އީމެއިލްގެ ޒަރިއްޔާއިން ކޯޓޭޝަން/ އަންދާސީ ހިސާބު ހުށަހަޅާ ނަމަ ޒިޕް ކޮށްފައިވާ ފޯލްޑާއެއްގައި އަންދާސީ ހިސާބު ހިމަނުވައްވައި ސުންގަޑީގައި ޕިން/ޕާސްވޯރޑް މިކައުންސިލްގެ މެއިލް [email protected] އަށް އީމެއިލް ނުވަތަ މެސެޖަކުން ހިއްސާކުރުން އެދެމެވެ.
ތިރީގައިވާ ކަންކަން ހަމަޖެއްސުމާކީ ޙާފިޒް ގެންނަ ފަރާތުގެ ޒިންމާއެކެވެ.
- ޙާފިޡު ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަ ހޯދުން.
- ޙާފިޡު ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން.
- ޙާފިޡު ރާއްޖެ ގެނައުމާއި ރަށާހަމައަށް ގެނެސްދިނުން.
- ޙާފިޡު މަލޭގައި މަޑުކުރައްވާ ދުވަހުގެ ހުރުމާ ކެއުން ހަމަޖެއްސެވުން.
- ރަމަޟާން މަސް ނިމުމުން،ޙާފިޡު އަނބުރައި މާލެ ގެންގޮސް އޭނާގެ ޤައުމަށް ފޮނުވާލުން.
- ޙާފިޡު އިންޝުއަރެންސް ކުރަންޖެހޭނަމަ އިންޝުއަރކުރުން.
މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6841624 ފޯނާ ގުޅުއްވުން އެދެމެވެ. ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
