މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2026 ވަނަ އަހަރު ށ. މާއުނގޫދޫ ޕްރީސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން
މިފެށޭ 2026 ވަނަ އަހަރުގެ ދިރާސީ އަހަރަށް މި ކައުންސިލުން ހިންގަމުންދާ މާއުނގޫދޫ ޕްރީސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން ޕްރީސްކޫލަށް ކުދިން ވެއްދުމަށް ހަމަޖެހިފައިވާ އުމުރުފުރާތައް ތިރީގައި އެވަނީއެވެ.
|
ބޭބީ ނާސަރީ |
2025 ޑިސެމްބަރ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން |
|
ނާސަރީ |
2025 ޑިސެމްބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން |
ވީމާ، ޕްރީސްކޫލަށް ދަރިވަރުން ވައްދަން ބޭނުންފުޅުވާ ފަރާތްތަކުން ޕްރީސްކޫލަށް ވައްދަން އެދޭ ފޯމު ފުރުއްވައި 2026 ޖަނަވަރީ 15 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. "މާއުނގޫދޫ ޕްރީސްކޫލަށް ދަރިވަރުން ވައްދަން އެދޭ ފޯމް" މި ކައުންސިލްގެ ވެބްސައިޓުންނާއި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
05 ޖަނަވަރީ 2026
ހޯދާ
