އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕުރީސުކޫލް ޓީޗަރުން ހޯދުން

މަޤާމު

ޕްރީ ސުކޫލް ޓީޗަރ ( ވޭޖް)

މަޤާމުގެ ނަމްބަރ

-

ބޭނުންވާ އަދަދު

02

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން

މުއްދަތު:

ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން 1 އަހަރު ދުވަސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އދ. އޮމަދޫ ޕްރީސްކޫލް

ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ ޢަދަދު

މަސައްކަތް ކުރަންޖެހޭނީ މަސައްކަތަށް ނިކުންނަ ދުވަހަކު ދުވާލަކު 08 ގަޑިއިރު

މުސާރަ، ޖޮބް އެލަވަންސް އަދި އެޓެންޑެންސް އެލަވަންސް:

ޓީޗަރ ރޭންކު

އަސާސީ މުސާރަ (ހާޒިރުވާ ދުވަހަކަށް)

ޖޮބް އެލަވަންސް: (މަހަކު)

އެޓަންޑެންސް އެލަވަންސް

(ހާޒިރުވާ ދުވަހަކަށް)

-

-/320ރ.

-

-

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ކައުންސިލުން ކަނޑައަޅައި އަންގާ ގޮތެއްގެ މަތިން ދަރިވަރުންނަށް ކިޔަވައިދިނުމުގެ މަސައްކަތް ކުރުން.

2. ދަރިވަރުންގެ މަސައްކަތްތައް ބަލައި ޗެކްކުރުމާއި ބިނާކުރަނިވި ފީޑްބެކް ދިނުން.

3. ކިޔަވައި ދިނުމަށް ކުލާހަކަށް ވަނުމުގެ ކުރިން ތައްޔާރު ކުރަންޖެހޭ ލެސަން ޕްލޭންތަކާއި، ޓީޗިންގ އެއިޑުތައް ކައުންސިލުން އަންގާގޮތެއްގެ މަތިން ތައްޔާރުކޮށް ހުށައަޅަމުން ދިއުން.

4. އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަކާއި ސުކޫލް ކުދިންގެ ޤަވާޢިދު ތަކާއި ސުކޫލްގެ ޤަވާޢިދުތަކަށް ދަރިވަރުން އަހުލުވެރިކުރުމާއި ރީތި އާދަތައް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތް ކުރުން.

5. ކައުންސިލުން ކަނޑައަޅާ ޓައިމްޓޭބަލާއި އެއްގޮތަށް ކިޔަވައި ދިނުމާއި ދަރިވަރުން ތަރުބިއްޔަތު ކުރުމާގުޅޭ އެންމެހާ ކަންކަން ކުރުން.

6. ދަރިވަރުންގެ އުނގެނުމުގެ ފެންވަރު މަތިކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

7. ދަރިވަރުންގެ ކަންކަމާއި، ދަރިވަރުންގެ ކުރިއެރުމަށް ރާވަންޖެހޭ އެންމެހައި ޕްރޮގްރާމްތައް ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ރާވައި ހިންގަމުން ދިއުން.

8. ކައުންސިލުން އަންގާ ގޮތެއްގެ މަތިން ޕްރީސްކޫލް ހުޅުވާ ލައްޕަމުން ގެންދިއުން.

9. ޕްރީސްކޫލަށް ލިބެމުންދާ ގެއްލުންތައް ބަލައި ދުވަހުންދުވަހަށް ކައުންސިލަށް ރިޕޯރޓް ކުރަމުން ގެންދިއުން.

10. ކައުންސިލުން ރާވައިހިންގާ އެންމެހައި ޙަރަކާތް ތަކުގައި ކައުންސިލުން އަންގާ ގޮތެއްގެ މަތިން ބައިވެރިވަމުން ދިއުން.

11. މީގެ އިތުރުންވެސް ޤާނުނާއި ޤަވާޢިދާ ޚިލާފްނުވާނެ ގޮތުގެ މަތިން ކައުންސިލުން އަންގާ އެންމެހާ މަސައްކަތް ކުރަމުން ގެންދިއުން.

12. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

13. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

14. ޕްރީ ސުކޫލްގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.

15. ޕްރީސްކޫލްގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، ޕްރީ ސްކޫލްގެ މުދައްރިސެއްގެ ޙައިޞިއްޔަތުން، އިދާރާގެ ކިޔަވައިދިނުން، އެންމެ އިސް މުދައްރިސްގެ (ސްޕަވައިޒަރުގެ) ބެލުމުގެ ދަށުން ކުރިއަށްގެންދިއުމާއި ދަރިވަރުންގެ ކުރިއެރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުތުތައް:

1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓެއް  ޙާޞިލްކޮށްފައިވުމާއެއެކު "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ

2- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ނޯޓް

މަތީގައިވާ ފުރަތަމަ ޝަރުތުން މަޤާމަށް ޝަރުތު ހަމަކުރުމުގައި، މަޤާމަށް ކުރިމަތިލާފައިވާ "ދިވެހި ބަހުގެ ދާއިރާ" އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެ ސަނަދުން ޖީ.އެސް 3 ގެ ޝަރުތުގައި ހިމެނޭ ދެ ކޮމްޕޯނަންޓް ފުރިހަމަވާ ކަމުގައި ( އެ ސަނަދުން މަޤާމަށް ޝަރުތު ހަމަވާކަމުގައި ) ބަލަންވާނެއެވެ.

ތައުލީމީ ދާއިރާތައް

އެޑިއުކޭޝަން

ޕްރީސްކޫލް

ޓީޗިންގ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ޓީޗިންގ ސަވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީ.މެއިލް އެޑްރެސް ހިމެނޭގޮތަށް )

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.

4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

5. މަސައްކަތު ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 2026 ޖަނވަރީ 12 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި އިދާރާއަށް ނުވަތަ މި އިދާރާގެ އީ-މެއިލް [email protected]  މެދުވެރިކޮށެވެ.

އިންޓަރވިއު (ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2026 ޖަނަވަރީ 13 އާއި 2026 ޖަނަވަރީ 20 އާއި ދެމެދުގެ ތާރީޚެއްގައި މި އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުގެ ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 ( މިވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި ޢުޞޫލުތައް 2021 (ތިންވަނަ އިސްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. )

40

އަސާސީ ޝަރުތު ހަމަވުން

10

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

10

އަސާސީ ޝަތުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

40

އިންޓަވިއު

ނޯޓް: މި މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680542 އަށެވެ. އީ-މެއިލް ކުރާނީ [email protected]                      އަށެވެ.

04 ޖަނަވަރީ 2026
ހޯދާ