ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުތުރު އިޖްތިމާއީ ސަރަހައްދު އަތިރިމަތި ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން

މިރަށު އުތުރު އަތިރިމަތި ސަރަހައްދު ސާފުކޮއް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. އެހެންކަމުން އެ މަސައްކަތް ކުރުމަށް އަގު ހުށައެޅުމަށް ހުޅުވާލަމެވެ. ކުނިކަހާ ނޮޅާ ސާފުކޮށް ބަލަހައްޓަންޖެހޭ ސަރަޙައްދަކީ ރެހެންދި ބީޗާއި، އުތުރު ފުޓުބޯޅަ ދަނޑުގެ އުތުރު މަގުފަޅި ހިމެނޭގޮތަށް އަތިރިމަތި ސަރަޙައްދުން ފެށިގެން ކުޑަކުދިންގެ ޕާކްގެ އުތުރު ފާރާ ހަމައަށް، ބުލްބުލާގެ ފާރުން މާކު ކޮށްފައިވާ ޕޮއިންޓާއި ހަމައަށެވެ.     

          ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ އަގު ހުށައަޅާ ފޯމު ފުރުމަށްފަހު މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އަގު ހުށައަޅާ ފޯމް ބަލައިގަންނާނީ 2026 ޖަނަވަރީ 11 ވާ އާދިއްތަ ދުވަހުގެ 11:00ގައި ބާރަށު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަސައްކަތް ޙަވާލުކުރުމުގައި އެއްމެ ކުޑައަގެއް ހުށަހަޅާ ފަރާތަކަށް އިސްކަން ދެވޭނެއެވެ.  

މިމަސައްކަތަށް އެދި ކުރި މި އިދާރާގެ ނަންބަރު (IUL)257/257/2025/128 (24 ޑިސެންބަރު 2025) އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެއިޢުލާން ވަނީ ބާތިލްކުރެވިފައެވެ.            

              ވީމާ، މިކަން އާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.                          

04 ޖަނަވަރީ 2026
ހޯދާ