އޮމަދޫ ސްކޫލް ތ.އޮމަދޫ
ދިވެހިރާއްޖެ
އޮމަދޫ ސްކޫލް ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

އޮމަދޫ ސްކޫލް

 

 

ތ.އޮމަދޫ،

އިޢުލާން ނަންބަރު:

GS-178/IUL/2025/25

ދިވެހިރާއްޖެ.                            

 ޕްރޮކިޔުމެންޓް ނަންބަރު: GS-178/PROC/2025/03

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އޮމަދޫ ސްކޫލް ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ:

  1. މިސްކޫލުގެ 2026 ވަނަ އަހަރުގެ އެކްޓިވިޓީ ޔުނިފޯމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 04 ޖަނަވަރީ  2026 އިން 06 ޖަނަވަރީ 2026  އަށް ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. އަދި ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:00 އަށް މިސްކޫލުގެ އިދާރާ އަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/ZQHMAJ5xG2dumYux5

  1. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 07 ޖަނަވަރީ 2026 ވާ ބުދަ ދުވަހުގެ ކުރިން މި އިޢުލާންގެ ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 11  ޖަނަވަރީ 2026 ވާ އާދިއްތަ ދުވަހުގެ 11:00 ގައިއޮމަދޫ ސްކޫލުގައެވެ.
  3. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  4. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

އޮމަދޫ ސްކޫލް

ތ.އޮމަދޫ، ދިވެހިރާއްޖެ

ފޯން: 6780572

އީ-މެއިލް: [email protected]

 

14 ރަޖަބު 1447

03 ޖަނަވަރީ 2026
ހޯދާ