ދިވެހިރާއްޖެ
އިޢުލާން
|
1447 ވަނަ އަހަރުގެ ރަމަޟާންމަހު ހިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޡަކު ހޯދުމާއި ގުޅޭ:
|
1447 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލް ފަލާޙް ގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ ދިވެހި ޙާފިޡަކު މިކައުންސިލުން ހޯދަން ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 ޖަނަވަރީ 2026 (އާދިއްތަ) ދުވަހުގެ 11:00 ގެ ކުރިން މި މަސައްކަތް ކޮށްދެވިދާނެ އަގު (ކޯޓޭޝަން) މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލް މެދުވެރިކޮށްވެސް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު އޮތް ވާހަކަ ދަންނަވަމެވެ. މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 6660059 އަށް ގުޅުއްވުން އެދެމެވެ. ތިރީގައިވާ މައުލޫމާތު ކޯޓޭޝަން ގައި ހިމަނަންވާނެއެވެ.
- ހުށަހަޅާ ފަރާތުގެ ނަން، ގުޅޭނެ ނަންބަރު، އައި.ޑީ ކާޑު ކޮޕީ، ޙާފިޡުކަމުގެ ސެޓފިކެޓްގެ އަޞްލާއެއްގޮތުގެ ކޮޕީ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
