މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
31 ޑިސެންބަރު 2025 ގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރުމަށް އެތެރެކޮށްފައިވާ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމާ ގުޅޭ
31ޑިސެމްބަރ 2025 ގެ ނިޔަލަށް ރާއްޖެ އެތެރެކޮށްފައިވާ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދުތަކުގެ ތެރެއިން އެ އުޅަނދެއް އުފެއްދި އަހަރުން ފެށިގެން ރަޖިސްޓަރީ ކުރުމަށް ކަނޑައަޅާފައިވާ އުމުރު 2025 ވަނަ އަހަރުގެ ތެރޭގައި ހަމަވެފައިވާ، އެހެންނަމަވެސް އެކިސަބަބުތަކާހުރެ ރަޖިސްޓަރީ ކުރެވިފައިނުވާ އުޅަނދުތައް 15 ޖަނަވަރީ 2026 ގެ ނިޔަލަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ދިނުމަށް މިވުޒާރާއިން ނިންމާފައިވާތީ، މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ. ވީމާ މި އުޅަނދުތައް ރަޖިސްޓަރީ ކުރުމަށްޓަކައި ބޭނުންވާ ލިއެކިއުންތަކާއެކު މި މިނިސްޓްރީގެ ޕޯޓަލް eportal.mta.gov.mv މެދުވެރިކޮށް 15 ޖަނަވަރީ 2026 ގެ ކުރިން ހުށައެޅުމަށް ދެންނެވީމެވެ.
31 ޑިސެންބަރު 2025
ހޯދާ
