މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް 2025 ވަނަ އަހަރު ދައުލަތުން މާލީ އެހީތެރިކަން ދިނުމާއި ގުޅޭ

 

ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް 2025 ވަނަ އަހަރު ދައުލަތުން މާލީ އެހީތެރިކަން ދިނުމާއި ގުޅޭ

 

އަމިއްލަ މީޑިއާތަކަށް 2025 ވަނަ އަހަރުދޭ މާލީ އެހީތެރިކަމަށް އެޕްލިކޭޝަން ހުށަހަޅައި، ޝަރުތު ހަމަވި 41 މީޑިއާއަށް ލިބޭ އެހީގެ އަދަދު އާންމުކޮށްފިއެވެ. އެހެންކަމުން މި އެހީއަށް ޝަރުތުހަމަވި ޖުމްލަ 41 މީޑިއާއަށް ލިބޭ އެހީގެ އަދަދު މީޑިއާ ޕޯޓަލް (https://mediaapp.one.gov.mv  ) އިން މިހާރު އާންމުކޮށް ފެންނަން ހުންނާނެއެވެ. މީޑިއާތަކަށްދޭ މާލީ އެހީ ދޫކުރާނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާއި މި ކޮމިޝަނާ ދެމެދު އެއްބަސްވެފައިވާފަދައިން، އެޕްލިކޭޝަން ހުށަހަޅައި ޝަރިޠު ހަމަވި، މީޑިއާތަކުގެ މަޢުލޫމާތު ޔޫތު މިނިސްޓްރީއާ ހިއްސާކުރުމުން އެ މިނިސްޓްރީން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއަށް ފޮނުވުމުންނެވެ. މި އެހީއަކީ 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދިނުމަށް ކަނޑައެޅިފައިވާ އެހީއަކަށްވާތީ، ކޮމިޝަންގެ މަޤްސަދަކީ މިއަހަރު ނިމުމުގެ ކުރިން މީޑިއާތަކަށް ފައިސާ ލިބިގެން ދިއުމެވެ.

          ވީމާ، މިކަން އާންމުކޮށް އިޢުލާނު ކުރީމެވެ.

                       11 رجب 1447

                       31 ޑިސެންބަރު 2025

           

           

31 ޑިސެންބަރު 2025
ހޯދާ