ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުކުގެ ތަކެތި ނީލަން ކިޔުން

އިޢުލާން

 

ތިރީގައިވާ ތަކެތި ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ.

 

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި 

 

ނީލަން އޮންނަ ދުވަސް:

02  ޖަނަވަރީ  2026

ގަޑި:

16:15 ގައި 

ނީލަން އޮންނަ ތަން:

ކާފަ މާމަ މައިޒާން ސަރަހައްދު

 

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްޞީލް

ޢަދަދު

ބާވަތް

ނީލަން ފެށޭއަގު(ރުފިޔާއިން)

10

ރުއް ބުރިތައް

ރުއްބުރިއެއް -/5

 

މި ނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 2026 ޖަނަވަރީ 02 ވަނަ ދުވަހުގެ 18.00 ގެ ކުރިން މި އިދާރާގެ 7714700413001 ނަންބަރު އެކައުންޓަށް ޓްރާންސްފަރ ކުރެއްވުމަށްފަހު، ޓްރާންސްފަރ ކުރި ސްލިޕް މި އިދާރާގެ ނަންބަރު 7750013 އަށް ވައިބަރ ކުރަންވާނެއެވެ. 18.00 ގެ ކުރިން ފައިސާ ނުފޮނުވާ ފަރާތްތަކުން ނީލަމުން ނެންގެވި ތަކެތި އެހިސާބުން ކެންސަލް ކުރެވޭނެއެވެ. ނީލަމުން ތަކެތި ގެންދެވޭނީ ނީލަން ފުރިހަމަ ކުރިކަމުގެ ލިޔުން ކައުންސިލުން ދިނުމުންނެވެ.

 

ނީލަން ފުރިހަމަ ކުރައްވާ ފަރާތްތަކުން ނީލަމުން ނެންގެވި ތަކެތި 2026 ޖަނަވަރީ 03 ވަނަ ދުވަހުގެ ހަވީރު 18.00 ގެ ކުރިން ގެންދަވަންވާނެއެވެ. އެވަގުތުގެ ތެރޭގައި ނުގެންދަވާ ތަކެތި އެފަރާތުން ބޭނުންނެތީ ކަމުގައި ބަލައި އެތަކެތި ނައްތައިލެވޭނެއެވެ.

31 ޑިސެންބަރު 2025
ހޯދާ