މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަޙައްދުތަކުގައި ބަހައްޓާފައިވާ އަމިއްލަ ފަރާތްތަކުގެ ތަކެތި ނެގުމާއި ގުޅޭ:
އެކިއެކި ބޭނުންތަކަށް ރަށުގެ އިޖްތިމާޢީ ސަރަޙައްދުތަކުގަޔާއި ރުއްދަނޑުތަކުގެ ތެރޭގައި ބަހައްޓާފައިވާ އަމިއްލަ ފަރާތްތަކުގެ ތަކެތި (ގައު ކުނޑި، ދަރުފުނި ފަދަ ތަކެތި) ، މިއަދުން ފެށިގެން 2 މަސް ދުވަހުގެ ތެރޭގައި ނަގައި، އެތަންތަން ސާފުކުރުމަށް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި މިފަދަ ތަކެތި ނަގައި ތަން ސާފުނުކުރާނަމަ ކައުންސިލުން މިތަކެތި ނަގައި ނައްތާލުމުގެ މަސައްކަތް ކުރާނެކަމުގައި ދެންނެވީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
31 ޑިސެންބަރު 2025
ހޯދާ
