ދިވެހިރާއްޖެ
އިޢުލާން
މަގުތަކުން ކަނޑާފައިވާ ރުއްގުޅިތަކެއް ނީލަން ކިޔުމާއިބެހޭ
އަލަށް ކަނޑާފައިވާ މަގުތަކުން ކެނޑި ރުއްތަކެއް ނީލަން ކިޔުމަށް ބޭނުންވެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ފުނި ޖަހާފައިވާ ގޮތުގެމަތީން ބަހާލެވިފައިވާ ވަކިވަކި ފުނިތަކަކާއި، ވަކިން ނަމްބަރ ޖަހާފައިވާ ރުއްގުޅިތަކެއް ނީލަން ކިޔާ ގޮތަށެވެ. ނީލަން ފެށުމަށް ހަމަޖެހިފައިވަނީ 06 ޖެނުއަރީ 2026 ވަނަ ދުވަހުގެ 13:00 ގައެވެ. ތިރީގައި އެ ވަނީ ވަކަރު ގުޅިތައް ހުރި ސަރަހައްދާއި އިތުރު ތަފްސީލް ތަކެވެ.
- ނީލަން ފަށާތަން: އޯކިޑްމަގު (ކައުންސިލް ކުރިމަތިން އަލަށްކެނޑި މަގު) މަގުގެ މެދުތެރެ ހިސާބު
- ރުއްގުޅި ފުނި ނަމްބަރ 1: އޯކިޑްމަގު (ކައުންސިލް ކުރިމަތިން އަލަށްކެނޑި މަގު) 18 ގުޅި (ނީލަން ފެށޭ އަގު: 1,000.00)
- ރުއްގުޅި ފުނި ނަމްބަރ 2: އޯކިޑްމަގު (ކައުންސިލް ކުރިމަތިން އަލަށްކެނޑި މަގު) 9 ގުޅި (ނީލަން ފެށޭ އަގު: 500.00)
- ރުއްގުޅި ފުނި ނަމްބަރ 3: އޯކިޑްމަގު (ކައުންސިލް ކުރިމަތިން އަލަށްކެނޑި މަގު) 10 ގުޅި (ނީލަން ފެށޭ އަގު: 550.00)
- ރުއްގުޅި ފުނި ނަމްބަރ 4: އޯކިޑްމަގު (ކައުންސިލް ކުރިމަތިން އަލަށްކެނޑި މަގު) 13 ގުޅި (ނީލަން ފެށޭ އަގު: 700.00)
- ރުއްގުޅި ފުނި ނަމްބަރ 5: އޯކިޑްމަގު (ކައުންސިލް ކުރިމަތިން އަލަށްކެނޑި މަގު) 14 ގުޅި (ނީލަން ފެށޭ އަގު: 750.00)
- ރުއްގުޅި ފުނި ނަމްބަރ 6: އެކޮމަޑޭޝަން ބްލޮކް ހަދާ ބިން ކައިރި 6 ގުޅި (ނީލަން ފެށޭ އަގު: 300.00)
- ރުއްގުޅި ފުނި ނަމްބަރ 7: އެކޮމަޑޭޝަން ބްލޮކް ހަދާ ބިން ކައިރި 9 ގުޅި (ނީލަން ފެށޭ އަގު: 500.00)
- ރުއްގުޅި ފުނި ނަމްބަރ 8: އެކޮމަޑޭޝަން ބްލޮކް ހަދާ ބިން ކައިރި 28 ގުޅި (ނީލަން ފެށޭ އަގު: 1,500.00)
- ރުއްގުޅި ފުނި ނަމްބަރ 9: ދިލްބަހާރުމަގު، ނަރުދަމާ ބިމުގެ އުތުރުން 9 ގުޅި (ނީލަން ފެށޭ އަގު: 500.00)
- ރުއްގުޅި ފުނި ނަމްބަރ 10: ދިލްބަހާރުމަގު، ނަރުދަމާ ބިމުގެ އުތުރުން 5 ގުޅި (ނީލަން ފެށޭ އަގު: 250.00)
- ރުއްގުޅި ފުނި ނަމްބަރ 11: ދިލްބަހާރުމަގު، ނަރުދަމާ ބިމުގެ އުތުރުން 14 ގުޅި (ނީލަން ފެށޭ އަގު: 750.00)
- ރުއްގުޅި ފުނި ނަމްބަރ 12: ފުޓްބޯޅަދަނޑުގެ އިރުމަގު 8 ގުޅި (ނީލަން ފެށޭ އަގު: 450.00)
- ރުއްގުޅި ފުނި ނަމްބަރ 13: ނަރުދަމާ އެކޮމަޑޭޝަން ބްލޮކްގެ ހުޅަނގުން 9 ގުޅި (ނީލަން ފެށޭ އަގު: 500.00)
- ރުއްގުޅި ފުނި ނަމްބަރ 14: ނަރުދަމާ އެކޮމަޑޭޝަން ބްލޮކްގެ ހުޅަނގުން 12 ގުޅި (ނީލަން ފެށޭ އަގު: 650.00)
- ރުއްގުޅި ފުނި ނަމްބަރ 15: ނަރުދަމާ އެކޮމަޑޭޝަން ބްލޮކްގެ ހުޅަނގުން 23 ގުޅި (ނީލަން ފެށޭ އަގު: 1,250.00)
މަތީގައިވާ ރުއްގުޅިތައް ނީލަމުން ނަގަން ބޭނުންވާ ފަރާތްތަކުން މަތީގައިވާ ތާރީޚްގެ ގަޑިޔަށް ނީލަމުގައި ބައިވެރިވުމަށް އެ ސަރަހައްދަށް ދުރުވެ ދެއްވުން އެދެމެވެ. މި ގުޅިތަށް ނީލަން ފެށުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ ކޮންމެ ފުންޏެއްވެސް ވަކިން ކިޔާގޮތަށެވެ. އަދި ފަހަރަކު އިތުރު ކުރެވޭނީ މަދުވެގެން 100.00 (ސަތޭކަ) ރުފިޔާއެވެ. ވަކިން ނަމްބަރ ޖަހާފައިވާ ގުޅިތަށް ނީލަން ފެށޭ އަގަކީ 100.00 (ސަތޭކަ) ރުފިޔާއެވެ. ނީލަމުގައި އިތުރުކުރެވޭނީ 50.00 (ފަންސާސް) ރުފިރާއެވެ. މިތަކެތި ނީލަމުން ނަގާފަރާތްތަކުން ނީލަމުން ނަގާދުވަހުން ފެށިގެން ފަސްދުވަހުގެތެރޭގައި މިއިދާރާއަށް ފައިސާ ދައްކާ ނިންމެވުމަށް ދަންނަވަމެވެ. އަދި އެތަކެތި ނީލަމުން ނަގާދުވަހުން ފެށިގެން އެއްމަސްދުވަސް ތެރޭގައި އެސަރަހައްދުން ތަކެތިނަގާ ނިންމުން އެދެމެވެ. އެއްމަސް ހަމަވާއިރު އެސަރަހައްދުން ނުނަގާހުންނަ ތަކެތި ނައްތާލުން ނުވަތަ އެތަކެތި ބޭނުންވާ ފަރާތަކަށް ދަރުގެ ގޮތުގައި ދިނުމުގެ އިހުތިޔާރު މި ކައުންސިލަށް ލިބިގެންވާ ކަމުގައި ދަންނަވަމެވެ. މިހާލަތުގައި ނީލަމުން ތަކެތި ނެގިފަރާތުން ދައްކާފައިވާ ފައިސާ އެފަރާތަށް އަނބުރާ ނުދެވޭނެއެވެ. އެކޮމަޑޭޝަން ބްލޮކްތެރޭގައި ހުރި ރުއްގުޅިތަށް ގިނަވެގެން ތިންދުވަހުގެތެރޭގައި އެސަރަހައްދުން ނަގަންވާނެއެވެ. ނަގާ ބަހައްޓާ ތަނަށްވެސް ޢަމަލުކުރެވޭނީ މަތީގައިއެވާ އެއްމަސްދުވަހުގެ މުއްދަތުގައި ބަޔާންވެގެންވާ ގޮތުގެމަތީންނެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
