ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ލަފާފުރުމުގެ ކަންކަން އިތުރަށް ތަނަވަސްކޮށް އާންމުންނަށާއި ރަށުން ބޭރުން މިރަށަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށް ޓާމިނަލްގެ ޚިދުމަތް އިތުރަށް ފުރިހަމައަށް ފޯރުކޮށްދިނުމުގެ ގޮތުން، ޓާމިނަލްއާއި ޖެހިގެން ފާހާނާއަކާއި ކެފޭއެއް ހެދުމުގެ މަސައްކަތްތައް ކޮށްދޭނޭ ބަޔަކު ހޯދާން ބޭނުންވެއެވެ.
ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުށަހަޅާނީ މިއަދުން ފެށިގެން 2026 ޖަނަވަރީ 13 ވާ އަންގާރަ ދުވަހު މެންދުރު 12:00 ގެ ކުރިން، ތިރީގައި ދީފައި އެވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ. އިއުލާނާއެކު މަސައްކަތާއި ގުޅޭ ތިރީގައިއެވާ ލިޔެކިއުން އެއްހީރާސްކުރެވިފައިވާނެއެވެ.
- ސްކިމެޓިކް ޑްރޯވިންގްސް ލިންކް: https://shorturl.at/Qwf41
- ރެޖިސްޓްރޭޝަން ލިންކް: https://shorturl.at/Wo21u
- ބީލަން ފޯމް: https://shorturl.at/78tv9
މި މަސައްކަތާގުޅޭ މަޢުލޫމާތު ބައްދަލުވުން ކުރިޔަށްދާނީ 2026 ޖަނަވަރީ 13 ވާ އަންގާރަ ދުވަހު މެންދުރު 13:00 ގައި މި އިދާރާގައެވެ. މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވެވޭނީ ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފު ކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 2026 ޖަނަވަރީ 21 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން އެ މައުލޫމާތެއް ސާފުކުރެއްވޭނެއެވެ.
ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 2026 ޖަނަވަރީ 22 ވާ ބުރާސްފަތި ދުވަހު މެންދުރު13:00ގައި މި އިދާރާ ގައެވެ. އެއްވެސް ބައްދަލުވުމެއް ބޭއްވުމަށް ކަނޑައަޅާފައިވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފިނަމަ އެ ބައްދަލުވުމެއް އޮންނާނީ ޖެހިގެން އެންމެ އަވަށް ހުޅުވޭ ރަސްމީ ދުވަހެއްގެ ދެންނެވިފައިވާ ގަޑީގައެވެ.
މި މަސައްކަތަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރައްވައިފައި ވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުއްވާ ނަމަ، އެ ކަން އަންގައިދޭ ސިޓީއަކާއި ބަދަލު ގައި އަންނަ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ފޮޓޯ އަކާ އެކު ފޮނުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރައްވާން ތިރީގައި ވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.
|
ކައުންސިލް އިދާރާގެ ފޯނު ނަންބަރު: |
6560015 |
|
ކައުންސިލް މޯބައިލް ފޯނު ނަންބަރު: |
7763264 |
|
ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް: |
