މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް އެޑްމިނިސްޓްރޭޓްރ

`

 

 

މަޖީދިއްޔާ ސްކޫލް

    މާލެ، ދިވެހިރާއްޖެ    

ނަންބަރު :-(IUL)MS/1/2025/128

އިޢުލާނު

 

 މަޤާމު:

 ސްކޫލް އެޑްމިނިސްޓްރޭޓަރ

 މަޤާމުގެ ނަންބަރު:


                        J-435914 

 ބޭނުންވާ އަދަދު:

 1

 މަޤާމުގެ ގިންތި:

 ދާއިމީ

 މަޤާމުގެ ރޭންކު:

 ޕަބްލިކް ސަރވިސް ރޭންކު 8 ސްޓެޕް - 1

 ވަޒީފާ   އަދާކުރަން   ޖެހޭ  ތަން:

 މަޖީދިއްޔާ ސްކޫލް . ކ.މާލެ

 މުސާރަ:

 11620.00 ރުފިޔާ

 މަގާމުގެ   އެލަވަންސް

 5420.00 ރުފިޔާ

 ހާޒިރީ އިނާޔަތް

 145.00 ( ޙާޒިރުވާ ދުވަހަކަށް )

 އެހެނިހެން   އެލަވަންސް:

 1-  ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 މަޤާމުގެ   މައިގަނޑު   މަސްއޫލިއްޔަތުތަކާއި   ވާޖިބުތައް:

 1- ސަރުކާރުގެފައިސާއާއި ބެހޭ ޢާޢްމު ޤަވާއިދުތަކާއި އުޞޫލުތަކާއި ހަމަތަކުގެ މަތިން ސްކޫލްހިންގުމުގެ   ގޮތުންނާއި  ކިޔަވައިދިނުމާއި ގުޅޭ ގޮތުން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރަމުން ގެންދެވޭގޮތް ބެލުމާއި   އެކު މިޚަރަދުތައް ކުރެވޭގޮތާއި ޚަރަދުތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.

 2- ސްކޫލްގެ އެންމެހާ އިމާރާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، މަރާމާތު ކުރަންޖެހޭ ތަންތަނާއި ތަކެތި   މަރާމާތު ކުރުމުގެ ކަންތައްތައް ބެލެހެއްޓުން.

 3- ސްކޫލްގެ ބަޖެޓުން ކުރެވޭ އެކިއެކި ޚަރަދުތައް އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓަކުން ހަމަޖެއްސޭތޯ   ބެލުމުގެ  ގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތައްކުރުން.

 4- ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގެ ކަންތައް ބެލެހެއްޓުން.

 5- ސްކޫލްގެ މުވައްޒަފުންނާ ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާގުޅޭގޮތުން ވެރިއެއްގެ   ހައިސިއްޔަތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން.

 6- ސްކޫލްގެ އިދާރީ ކަންކަމާގުޅޭ މަސައްކަތްތައް ޕްރިންސްޕަލްގެ އިރުޝާދުގެ ދަށުން ހިންގުމާއި އަދި   އެކަންކަން  ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން.

 7- ސްކޫލްގެ ބަޖެޓަށް ބޭނުންވާ ފައިސާ ބަޖެޓަށް އިތުރުކުރުމުގެ ގޮތުން ނުވަތަ އެއްއައިޓަމުން އަނެއް އައިޓަމަށް   ބަދަލުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ޕްރިންސިޕަލްގެ އިރުޝާދުގެ ދަށުން ކުރުން.

 8- ސްކޫލްގެ އެންމެހާ އިމާރާތްތައް އަދި ސްކޫލްގެ ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެ ގޮތުން   އެކަންކަމާ ހަވާލުތިބޭ މުވައްޒަފުން އެކަންކަން ކުރަމުން ގެންދޭތޯ ބެލުން.

 9- ސްކޫލްގެ އިންވެންޓްރީ އާއި ސްޓޮކާ ގުޅޭ މަސައްކަތްތައް އެކަންކަމާއި ހަވާލުވެ ތިބޭ މުވައްޒަފުން   އެމަސައްކަތްތައް ކުރަމުން ގެންދާގޮތް ބެލެހެއްޓުން.

 10- ސްކޫލްގައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން އިޢުލާންކޮށްގެން ކުރެވޭ މަސައްކަތްތަކަށް ހޯދޭ އަންދާސީ   ހިސާބުތައް އިވެލުއޭޓްކޮށް ބިޑް އިވެލުއޭޝަން ކޮމިޓީއަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުން.

 11-  ކިޔަވައިދިނުމާއި ސީދާ ގުޅުމެއްނެތް އެންމެހާ މަވައްޒަފުންގެ މަސައްކަތްތައް ބައްލަވާ އެ މުވައްޒަފުންގެ   މަސައްކަތްތައް އޮބްޒާރވް ކުރުން.

 12- ސްކޫލްގެ ފައިސާއާއި ބެހޭ ބައިގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާބަޔާނުގައި އެމުވައްޒަފުން ކުރުމަށް   ކަނޑައެޅިފައިވާ މަސައްކަތްތައް ބަރާބަރަށް ކުރަމުން ގެންދޭތޯ ބެލުން.

 13- ސްކޫލަށް ހޯދޭ މުދަލާ ތަކެތީގެ އިންވެންޓްރީ އާއި ސްޓޮކްގެ އެންމެހާ ކަންތައްތައް ހިނގާ ނުހިގާގޮތް ބެލުން.

 14-   ބިޑްއިވެލުއޭޝަން ކޮމިޓީން ނިންމާ ކަންތައްތައް އެގްރީމެންޓްކޮށް އެމަސައްކަތެއް ހަވާލުކުރުމަށް   ކަނޑައަޅާ  ފަރާތްތަކަށް ހަވާލުކުރުން.

 15- ސްކޫލް ހޯލާ އަދި އެހެނިހެން ސްކޫލްގެ ތަންތަން އެކި ފަރާތްތަކަށް ދޫކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ   ކަންތައްތައް ކުރުން.

 16-  ސްކޫލްގައި ބޭއްވޭ ޚާއްސަ ކަންތައްތަކުގައި ޕްރިންސިޕަލް އަންގަވާ ގޮތުގެ މަތިން އެހީތެރިވުން.

 17-  ބަޖެޓް ސެކްޝަންގައި މަސައްކަތްކުރާ މުވައްޒަފުންނާއި އިދާރީ މުވައްޒަފުންގެ ގޮތުގައި ބަލަހައްޓަންޖެހޭ   މުވައްޒަފުންގެ އެޕްރައިޒަލް ފޯމް އަހަރު ފެށުމުން ޓާގެޓް ކަނޑައަޅައި އަދި އަހަރު ނިމުމުން މުވައްޒަފުންނަށް   ފީޑްބެކް ދީ މާރކްސް ދިނުން.

 18-  ސްކޫލްގެ ޓްރަސްޓްފަންޑާއި އާމްދަނީ ފައިސާގެ ކަންތައްތައް ހިނގާނިހިނގާ ގޮތް ބަލައި ކަމާގުޅޭގޮތުން   ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 19-  ޙަވާލުކުރެވިފައިވާ މަސައްކަތްތަކުގެ އިތުރުން ސްކޫލްގެ ރަސްމީ މަސައްކަތާގުޅޭގޮތުން ޙަވާލުކުރެވޭ   އެންމހާ  ކަންތައްތައްކުރުން. ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ   ދަށުން މިސްކޫލްގައި އޮންނަ "މުރާޖަޢު ކޮމިޓީ" ގެ މަސްއޫލިއްޔަތުތައް އަދާކުރުން .

  މަޤާމުގެ   ޝަރުޠުތައް:

 

 1- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ   ސަނަދެއް ހާސިލްކޮށްފައިވުން

 ނުވަތަ

 2- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7   ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ   މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

 

  ތަޢުލީމީ ރޮގުތައް

   އެކައުންޓިންގ  

  އެކައުންޓިންގ އެންޑް ފައިނޭންސް 

  އެޑްމިނިސްޓްރޭޝަން  

  އޮޑިޓިންގ 

  ބިޒްނަސް  

  ބިޒްނަސް އެޑްމިނިސްޓްރޭޝަން  

  ބިޒްނަސް އިންފޮމޭޝަން ޓެކްނޯލޮޖީ  

  ބިޒްނަސް މެނޭޖްމަންޓް  

  ކޮމާރސް  

  ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ  

  ކޮމްޕިއުޓަރ ސައިންސް  

  ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ  

  ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ  

  އެޑިއުކޭޝަން މެނޭޖްމަންޓް  

  އެޑިއުކޭޝަނަލް އެޑްމިނިސްޓްރޭޝަން  

  ފައިނޭންސް  

  ފައިނޭންޝަލް މެނޭޖްމަންޓް  

  ފައިނޭންޝަލް ޕްލޭނިންގ  

  ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން  

  ހިއުމަން ރިސޯސް  

  ހިޔުމަން ރިސޯސް މެނޭޖްމަންޓް  

  އިންފޮމޭޝަން ޓެކްނޮލޮޖީ  

  އިންޓަރނަލް އޮޑިޓިންގ  

  އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް  

  އިސްލާމިކް ފައިނޭންސް  

  ލޮޖިސްޓިކްސް މެނޭޖްމަންޓް  

  މެނޭޖްމަންޓް  

  ނެޓްވަރކިންގ  

  އޮޕަރޭޝަންސް މެނޭޖްމަންޓް  

  ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް  

  ޕްރޮކިއުމަންޓް މެނޭޖްމަންޓް  

  ޕްރޮގްރާމިންގ  

  ޕަބްލިކް އެޑްމިނިސްޓްރޭޝަން  

  ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް  

  ޕަބްލިކް ފައިނޭންސް  

  ޕަބްލިކް މެނޭޖްމަންޓް  

  ޕާޗޭސިންގް  

  ސްކޫލް އެޑްމިނިސްޓްރޭޝަން  

  ސްކޫލް މެނޭޖްމަންޓް  

  ސޮފްޓްވެއަރ އިންޖިނިއަރިންގ  

  ސަޕްލައި ޗެއިން މެނޭޖްމަންޓް  

  ސިސްޓަމް އެޑްމިނިސްޓްރޭޝަން  

  ވެބް ޑިވެލޮޕްމަންޓް  

  މަޤާމުގެ  ޕްރިފަރޑް ޑިސިޕްލިން:  ނެތް

  މަޤާމުގެކޯޑިސިޕްލިން   : ނެތް 

 

 

 ސިވިލް ސަރވިސް ކޮމިޝަނުން މަޤާމަށް ކަނޑައަޅާފައިވާ މަސައްކަތުގެ ދާއިރާތައް:

  އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ   މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

    ހުށަހަޅަންޖެހޭ    ލިޔުންތައް:

 

 1-  ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

   https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pnd4eve.a2u140d53hl.flr.docx

 1-  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

 2- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ   ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ،   އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

  3-  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ   މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން   ދޫކޮށްފައިވާ ލިޔުން.

 4- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ   ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛   ނުވަތަ:  ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް   ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ   ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 1- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ   ކުންފުންޏެއްގައި   ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި   ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ   ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން   ފެންނަންނެތް   ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި   (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި   ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ   ވަޒީފާ،   ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް   އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި   މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ،   އަދާކޮށްފައިވާ  ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ   މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން   ބަޔާންކޮށް   އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން   ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ   ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ   އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި   މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް   އެނގޭގޮތަށް)،  ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ   ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ   ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

 ވަޒީފާއަށް އެންމެ   ޤާބިލު ފަރާތެއް   ހޮވުމަށް ބެލޭނެ   ކަންތައްތައް:

 

 އަސާސީ ޝަރުޠު ހަމަވުން

30

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

 ޕްރެޒެންޓޭޝަން

10

 އިންޓަރވިއު

30

  1. މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

 

 މަޤާމަށް   އެދެންވީގޮތާއި   ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 8 ޖަނަވަރީ 2026 ވަނަ ދުވަހުގެ 14:00ގެ ކުރިން، މަޖީދިއްޔާ   ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް   ބަލައި ގަނެވޭނެއެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ   ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 ޝޯޓްލިސްޓްކުރުން:

 

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް   ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން އޮންނާނީ، 14 ޖަނަވަރީ 2026 އާއި 20   ޖަނަވަރީ  2026  އާ ދެމެދު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައެވެ.

 

 މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިހާން އަދި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން   ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު   ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި   އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2   ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް   ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3315687 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

 

 ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި   އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު"   (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

  11 ރަޖަބް 1447

 

31 ޑިސެންބަރު 2025
ހޯދާ