ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއާއި، މިއިދާރާގެ ބެލުމުގެ ދަށުގައިވާ އެހެން އިމާރާތް ތަކުގައި ފޮޓޯވޮލްޓެއިކް/ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކޮށްދޭން ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއާއި، މިއިދާރާގެ ބެލުމުގެ ދަށުގައިވާ އެހެން އިމާރާތް ތަކުގައި ފޮޓޯވޮލްޓެއިކް/ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކޮށްދޭން ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)266-PR/266/2025/302 (17 ޑިސެމްބަރ‏ 2025) އިއުލާނުގެ ސްކޯޕް ބަދަލުވެފައިވާތީ، ބީލަން ތައްޔާރުކުރުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ބީލަން ހުށަހަޅަންޖެހޭ ތާރީޚްވަނީ ފަސްކުރެވިފައެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބިޑްގައި ރަޖިސްޓަރ ވުމަށް:

ލިންކް: https://forms.office.com/r/QPbceURd1a

 

 

ތަފްސީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުންގަޑި

‏11‏ ޖަނަވަރީ‏ 2026‏ (އާދީއްތަ‏)

10:30

އަންދާސީ ހިސާބު ހުށަހެޅުން

‏12‏ ޖަނަވަރީ‏ 2026‏ (ހޯމަ‏)

10:30

ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527177، 6527192 ނުވަތަ 6527113 އަށެވެ.

 

މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procurement  އިން ‏17‏ ޑިސެމްބަރ‏ 2025 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.  

ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

ބީލަމާގުޅޭ މައުލޫމާތު ޝީޓު އަދި ބީލަން ފޮތް ޑައުންލޯޑު ކުރެއްވުމަށް: https://kulhudhuffushicity.gov.mv/procurement/403 

30 ޑިސެންބަރު 2025
ހޯދާ