ރަސްގެތީމް ސްކޫލް
ދިވެހިރާއްޖެ
ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން މި ސްކޫލްގެ ކްލާސްރޫމްތަކުގައި ކުރަން ޖެހޭ މަރާމާތުތައް ކުރުން

 

   

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން މި ސްކޫލްގެ ކުލާސްރޫމްތައް އޭސީ ކުރުމަށްޓަކައި ކުރަންޖެހޭ މަރާމާތުތައް ކޮއްދޭނެ ފަރާތެއް ހޯދުން

 

  1.  ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން މި ސްކޫލްގެ ކުލާސްރޫމްތައް އެއަރކޮންޑިޝަން ކުރުމަށްޓަކައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  4. 4.      މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް  30ޑިސެމްބަރ 2025 ން 4 ޖަނަވަރީ 2026 ނިޔަލަށް 14:00 ށް ކޮންމެ ދުވަހަކު ރަޖިސްޓްރީ ކުރުން / ނަންނޯޓް ކުރުން އޮންނާނެއެވެ.
  5. ނަން ނޯޓް ކުރެވޭނީ ހަމައެކަނި ތިރީގައިވާ އީމެއިލް އެޑްރެސް ބޭނުންކޮށްގެންނެވެ. ނަންނޯޓް ކުރައްވާއިރު ވިޔަފާރިގެ ނަން / ގުޅޭނެ ފަރާތުގެ ނަމާއި ނަމްބަރު އަދި މަޢުލޫމާތު ބަދަލުކުރާނެ އީމެއިލް އެޑްރެސް ހިމެނެވުން އެދެމެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  6. މި ބީލަމާއި ގުޅޭގޮތުން މައުލޫމާތު ދިނުން އޮންނާނީ  5 ޖަނަވަރީ 2026ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލް އޮފީހުގައެވެ.
  7. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 8 ޖަނަވަރީ 2026ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިސްކޫލުގައެވެ.
  8.  މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް މި ބީލަމުގައި ބައިވެރިވުމަށް ނަން ނޯޓްކުރައްވާ ފަރާތްތަކުގެ އީމެއިލް އެޑްރެހަށް ފޮނުވޭނެއެވެ.
  9. މިޕްރޮޖެކްޓާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

10. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ރަސްގެތީމު ސްކޫލް

ކޮއިމަލާ މަގު، ރަސްގެތީމު، ދިވެހިރާއްޖެ.

ފޯން:   6580361 އަދި 6580405

އީ-މެއިލް [email protected]

 

30 ޑިސެންބަރު 2025
ހޯދާ