ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮމްޕަނީ ސެކްރެޓަރީ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ                                                                                                                   އިޢުލާން ނަންބަރު: ‭(IUL)VMC-HR/1/2025/50


ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: އެސިސްޓެންޓް ކޮމްޕަނީ ސެކްރެޓަރީ

މުސާރަ (މަހަކު) : -/6,809 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/2,383 ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/2,043 ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ލީގަލް އެންޑް ކޮމްޕްލަޔަންސް

ބޭނުންވާ އަދަދު: 1

1- ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

 ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 (އެޑްވާންސް ސެޓްފިކެޓް) ގެ ސަނަދެއް ގުޅޭ ދާއިރާއަކުން ހާސިލްކޮށްފައިވުން (ނުވަތަ)،

 އޭލެވެލް ފުރިހަމަކޮށްފައިވުން (ނުވަތަ)،

 ށ. އޯލެވެލް ފުރިހަމަކުރުމާއެކު، ގުޅޭ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ބޯޑު އަދި ކޮމިޓީ ބައްދަލުވުންތަކުގެ އެޖެންޑާތަކާއި، ކަރުދާސްތަކާއި، ޔައުމިއްޔާތައް ތައްޔާރުކޮށް ދައުރުކުރުމުގައި ކުންފުނީގެ ސެކްރެޓަރީއަށް އެހީތެރިވުން.
  2. ބައްދަލުވުންތަކުގެ ލޮޖިސްޓިކްސް ކޯޑިނޭޓްކުރުން އަދި، އެކްޝަން އައިޓަމްސްތަކަށް ވަގުތުން ފޮލޯއަޕް ކުރުމުގެ މަސައްކަތްކުރުން.
  3. ބައްދަލުވުންތަކުގެ ޔައުމިއްޔާ، ބޯޑު ކަރުދާސް، އަދި ބޯޑުގެ ގަރާރުތައް ތައްޔާރުކުރުމުގެ މަސައްކަތްކުރުން.
  4. ޤާނޫނީ ގޮތުން ބަލަހައްޓަންޖެހޭ ދަފްތަރުތައް ބެލެހެއްޓުމާއި ކޯޕަރެޓް ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  5. ކުންފުންޔާ ގުޅުންހުރި ގަވަރނަންސް ޒިންމާތައް ފުރިހަމަކުރަންޖެހޭ މުއްދަތުތައް ބަލައި ކުންފުނީގެ ސެކްރެޓަރީގެ ސަމާލުކަމަށް ގެނައުން.
  6. ގަވަރނަންސްއާއި ގުޅުންހުރި އެކިއެކި އުސޫލުތަކާއި، ޗާޓަރުތަކާއި، އެތެރޭގެ ހިނގުމުގެ އުސޫލުތައް މުރާޖަޢާކޮށް އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  7. ބޯޑްއަށް ހުށަހެޅޭ ލިޔެކިޔުންތަކާ، ކޯޕަރެޓް އެންމެހާ ލިޔެކިޔުންތައް ތަރުތީބުން ފައިލްކޮށް ރައްކާތެރިކަންމަތީގައި ބެލެހެއްޓުން.
  8. ކުންފުނީގެ ސެކްރެޓަރީގެ އިރުޝާދުގެދަށުން ލިޔެކިޔުންތަކާއި، ރިޕޯޓްތަކާއި، ބްރީފިންގ ނޯޓްތަކާއި، ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުން.
  9. އަލަށް އައްޔަންކުރެވޭ ބޯޑު މެމްބަރުންގެ އޮންބޯޑްކުރުމާއި، ޑިރެކްޓަރ ޕްރޮފައިލް ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
  10. މީގެ އިތުރުންވެސް ކޯޕަރޭޝަނުން ރަސްމީކޮށް ހަވާލުކުރާ އެންމެހާ މަސައްކަތްތައް ކުރުން.
  11. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާ އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން..

 

3- ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

07 ޖަނަވަރީ 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

4- ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

 

5- އިތުރު މަޢުލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035525، 3035515، ނުވަތަ 3035514 ފޯނާއެވެ.

6- އެޑްރެސް ކުރައްވާނީ:

އިބްރާހީމް ޝިއުރީ، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

 

 

30 ޑިސެންބަރު 2025
ހޯދާ