މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކާވެނިކޮށްދިނުމަށްއެދި ހުށަހަޅާ ފޯމާއި ގުޅޭ

ކާވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމާ ގުޅޭ:

 

                  މިކޯޓުގައި ބޭނުންކުރާ "ކާވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމް" އަށް މިހާރު ވާނީ ބަދަލުތަކެއް ގެނެސްފައެވެ. ކުރިން ބޭނުންކުރަމުން ދިޔައީ މިކޯޓުގެ MC01 v1.0 "ކާވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމް" އެވެ. އެހެންނަމަވެސް 01 ޖަނަވަރީ 2026 އިން ފެށިގެން މިކޯޓަށް ބަލައިގަންނާނީ މިކޯޓުގެ MC01 v2.0 "ކާވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމް" ކަމުގައި ދަންނަވަމެވެ.

                  މީގެ އިތުރުން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަށްވެސް ވާނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެންމެ ބޮޑު ބަދަލަކީ، ކާވެނި ކުރުމަށް އެދި ހުށަހަޅާ މީހުންގެ ތެރޭގައި އަލަށް ކާވެނިކުރާ ފަރާތެއް ހުރިނަމަ، ފެމިލީ ކޯޓުން ހިންގާ "ކާވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް" ގައި ބައިވެރިވިކަމުގެ ލިޔުން ހުށަހަޅަންޖެހުމެވެ. އޭގެއިތުރަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް "ކާވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމް" ގައި ބަޔާންކޮށްފައިވާނެއެވެ.

                  ވީމާ، މިގެނެވުނު ބަދަލުތައް ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

30 ޑިސެންބަރު 2025

30 ޑިސެންބަރު 2025
ހޯދާ