މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑް ތަކަށް ހުއްދަ ދީފައިވާ ގޮތާއި ޚިލާފަށް ބައެއް މަރުކަޒުތަކުން އޮންލައިންކޮށް ޕްރޮގްރާމް ހިންގުމާ ގުޅޭ؛

ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށްފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ކަނޑައަޅާފައިވާ ފެންވަރާއި އުސޫލާ އެއްގޮތަށްކަން ކަށަވަރުކުރުމާއި، ޕްރޮގްރާމްތަކުގެ ހުއްދަ ދިނުމާއި، އެކްރެޑިޓުކުރުމާއި، އޮޑިޓްކުރުމުގެ އުސޫލުތައް އެކުލަވާލައި ތަންފީޛު ކުރުމާއި، މަތީ ތަޢުލީމުދޭ މަރުކަޒުތަކާއި، އެ މަރުކަޒުތަކުގައި ހިންގާ ޕްރޮގްރާމްތަކުގައި ކިޔަވައިދޭ ފަރާތްތަކުގެ ފެންވަރު ބެލުމަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2021/7) ގެ 7 ވަނަ މާއްދާގެ (ނ) (ރ) އަދި އެ މާއްދާގެ (އ)ގެ ދަށުން މި އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައިވާތީ ދަންނަވަމެވެ.

ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑް ތަކަށް މި އޮތޯރިޓީން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ހުއްދަ ދީފައިވާ ގޮތާއި ޚިލާފަށް ބައެއް މަރުކަޒުތަކުން އޮންލައިންކޮށް ޕްރޮގްރާމް ހިންގާކަމުގެ މަޢުލޫމާތު މި އޮތޯރިޓީއަށް ވަނީ ލިބިފައެވެ. ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްތަކަށް ހިންގާ ޕްރޮގްރާމްތައް އޮންލައިންކޮށް ހިންގުމަށް މަޝްވަރާތައް ކުރަމުންދިޔަނަމަވެސް އެއްވެސް ޕްރޮގްރާމެއް އޮންލައިންކޮށް ހިންގުމަށް މިހާތަނަށް މި އޮތޯރިޓީން ހުއްދަ ދީފައި ނުވާނެކަމުގައި ދަންނަވަމެވެ. 

ވުމާއެކު، ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްތަކަށް މި އޮތޯރިޓީގެ ހުއްދަ ނެތި އޮންލައިންކޮށް ހިންގާ އެއްވެސް ޕްރޮގްރާމެއްގެ ސަނަދު މި އޮތޯރިޓީން ޤަބޫލު ނުކުރާނެ ވާހަކަ ދަންނަވަމެވެ.  

ވީމާ، މިކަން ޢާއްމުންނާއި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

30 ޑިސެންބަރު 2025
ހޯދާ