މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447ވަނަ އަހަރު ރަމަޟާންމަހު ޙިފްޠްކޮށް ތަރާވީޙް ނަމާދުކޮށްދޭނެ ފަރާތެއް ހޯދުމަށް

        1447 ވަނަ އަހަރުގެ ރަމަޟާންމަހު އަނގޮޅިތީމު މަސްޖިދުލް ނޫރު މިސްކިތުގެ އިމާމުވެ ހިފުޡުކޮށް ތަރާވީޙް ނަމާދު   ކޮށްދެއްދެވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ނުވަތަ ރާއްޖެއިން ބޭރު ޙާފިޠަކު ގެނައުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފާރާތްތަކުން، 08 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން އަގު ބަޔާންކޮށް ކޯޓޭޝަން މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މެއިލް ކުރައްވާނަމަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. ޙާފިޠުން ގެންނަ ފަރާތުން ތިރީގައި ދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަންވާނެއެވެ.

  1. ޙާފިޠު ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަ ހޯދުން.
  2. ހާފިޠް ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން.
  3. ޙާފިޠް ރާއްޖެ ގެނައުމާއި ރަށާހަމައަށް ގެނެސްދިނުން.
  4. ޙާފިޠު މާލޭގައި މަޑުކުރައްވާ ދުވަހުގެ ހުރުމާއި ކެއުން ހަމަޖެއްސުވުން.
  5. ރަމަޟާންމަސް ނިމުމުން، ޙާފިޠު އަބުރައި މާލެ ގެންގޮސް އެބޭފުޅާ ޤައުމަށް ފޮނުވާލުން.
  6. ޙާފިޠު އިންޝުރެންސް ކުރަންޖެހޭނަމަ އިންޝުރެންސް ކުރުން.

    މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 4000031 ފޯނާ ގުޅުއްވުން އެދެމެވެ.

                       ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.               

30 ޑިސެންބަރު 2025
ހޯދާ