މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނ.ކުޑަފަރީ ކުނިމެނޭޖުކުރުމުގެ ޤަވާއިދު އިސްލާހުކުރުން
2021 ޑިސެމްބަރު 01 ވަނަ ދުވަހު މި އިދާރާއިން ކޮށްފައިވާ ނަމްބަރު (I)288/2021/104 އިއުލާނާ ހަވާލާދީ ލިޔަމެވެ.
ކުނިމެނޭޖުކުރުމުގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ކުނި މެނޭޖްކުރުމުގެ ޚިދުމަތަށް ގެނެވުނު އައު ބަދަލާއި އެކު 2026 ޖަނަވަރީ 01 ވަނަ ދުވަހަން ފެށިގެން ކުނިނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އިއުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާ ތަވާލާއި އެއްގޮތަށެވެ.
ވީމާ، ގޭބިސީތަކުން ކުނިނެގުމުގައި އިސްލާހުކުރެވިފައިވާ ތާވަލާއި އެއްގޮތަށް އަމަލުކުރެއްވުމަށް އިލްތިމާސްކުރަމެވެ.
ގެނެވިފައިވާ ބަދަލުގެ ތަފްސީލް:
- ހަފްތާގެ އެހެން ދުވަސްތަކެކޭ އެއްފަދައިން ހުކުރު ދުވަހު ބަދިގެ ޑަސްބިނުގެ އިތުރުން ފަތްކުނި، ނެޕީ / ޕެޑް، ޓިޝޫ، ކަފަބުރު އަދި މެޑިކަލް ވޭސްޓު ނެގުމަށް ވަނީ ހަމަޖެހިފައެވެ.
- ހޮނިހިރު ދުވަހު ނެގުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ބަދިގެ ޑަސްބިން ކަމުގައި ދެންނެވީމެވެ.
30 ޑިސެންބަރު 2025
ހޯދާ
