ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން

              މިރަށު މާގަސްދޮށުގެ އާއިޝަތު ބަދުރިއްޔާ އަށް ދޫކޮށްފައިވާ ނަންބަރު 21 ޖަހާފައިވާ ބަންޑާރަ ގޯއްޗަށް އަރާފައި ހުރި ވެރިއަކު ނޭނގޭ 08 ރުކުގެ ވެރިއަކުވާނަމަ މިއަދުން ފެށިގެން 2026 ޖަނަވަރީ 11 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލަށް ދުރުވެ މަޢުލޫމާތު ދެއްވުން އެދެމެވެ. މި ގޯތި އޮންނަނީ މިރަށު މެޖިސްޓްރޭޓް ކޯޓުގެ ހުޅަނގުން އޮންނަ މަގުގެ ހުޅަނގުން، ކަޅުއޮށްފުންމި މަގާއި އިންވެގެން އުތުރުގައެވެ. މިރުއްތަކުގައި 01 ން 08 ށް ފެހިކުލައިގެ ސްޕްރޭން ނަންބަރު ޖަހާފައި ހުންނާނެއެވެ.

              ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.                          

              09 ރަޖަބު     1447

29 ޑިސެންބަރު 2025
ހޯދާ