ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ކެންޓީން އިމާރާތްކުރުމުގެ މަސައްކަތް

އަމިއްލަ ތަކެތީގައި ތުޅާދޫ ސްކޫލްގެ ކެންޓީން އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މި ސްކޫލުން ދޭ މައުލޫމާތާއި ކުރެހުމާއި އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ބީލަން ހުޅުވާލެވިފައިވާ ފަރާތްތައް

  • މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ދިވެހިރާއްޖޭގައި ވިޔަފާރިކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަވެ.

ޕްރީ ބިޑް މީޓިން

  • މި ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 04 ޖަނަވަރީ 2026 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ތުޅާދޫ ސްކޫލް މީޓީން ރޫމްގައެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 08 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ތުޅާދޫ ސްކޫލް މީޓިންގ ރޫމްގައެވެ.
  • މަޢުލޫމާތު ދިނުމުގެ މީޓިންގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
  • ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އިތުރު މާޢުލޫމާތު:

  • އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 6600136 / 9200909 ނަންބަރު ފޯނަށް ގުޅުއްވުން ނުވަތަ  [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

29 ޑިސެންބަރު 2025
ހޯދާ