ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ތަކެތި ނީލަން ކިޔުން

އިޢުލާން

 

ކާފަ މާމަ މައިޒާން ސަރަހައްދުގެ މަގަށް އަރައިގެން ކަނޑާފައިވާ ބައެއް ރުއްގަހުގެ ފަންތަކާއި ކާށި ގަނބުޅީގެ ނީލަން ކިއުން 29 ޑިސެމްބަރ 2025 ދުވަހުގެ މެންދުރު 13.15 ގައި އޮންނާނެއެވެ. މިނީލަމަށް ހާޒިރުވާ ފަރާތްތައް ހާޒިރުވާނީ ކާފަ މާމަ މައިޒާން ސަރަހައްދަށެވެ. 

މި ނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 2025 ޑިސެމްބަރ 29 ވަނަ ދުވަހުގެ 14.15 ގެ ކުރިން މި އިދާރާގެ 7714700413001 ނަންބަރު އެކައުންޓަށް ޓްރާންސްފަރ ކުރެއްވުމަށްފަހު، ޓްރާންސްފަރ ކުރި ސްލިޕް މި އިދާރާގެ ނަންބަރު 7750013 އަށް ވައިބަރ ކުރަންވާނެއެވެ. 14.15 ގެ ކުރިން ފައިސާ ނުފޮނުވާ ފަރާތްތަކުން ނީލަމުން ނެންގެވި ތަކެތި އެހިސާބުން ކެންސަލް ކުރެވޭނެއެވެ. ނީލަމުން ތަކެތި ގެންދެވޭނީ ނީލަން ފުރިހަމަ ކުރިކަމުގެ ލިޔުން ކައުންސިލުން ދިނުމުންނެވެ.

 

ނީލަން ފުރިހަމަ ކުރައްވާ ފަރާތްތަކުން ނީލަމުން ނެންގެވި ތަކެތި 2025 ޑިސެމްބަރ 29 ވަނަ ދުވަހުގެ ހަވީރު 18.00 ގެ ކުރިން ގެންދަވަންވާނެއެވެ. އެވަގުތުގެ ތެރޭގައި ނުގެންދަވާ ތަކެތި އެފަރާތުން ބޭނުންނެތީ ކަމުގައި ބަލައި އެތަކެތި ނައްތައިލެވޭނެއެވެ.

29 ޑިސެންބަރު 2025
ހޯދާ