ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެފް.އޭ.އެމް 14 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް 2026 ގައި ބައިވެރިވުމަށް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

މާލެ، ދިވެހިރާއްޖެ

ޢިޢުލާން

 

FAM/IUL/2025/044

 

އެފް.އޭ.އެމް 14 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް 2026

 

06 ފެބްރުއަރީ 2026 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެފް.އޭ.އެމް 14 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް 2026 ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ، ކޮމިޝަނަރ އޮފް ސްޕޯރޓްސްގައި ރަޖިސްޓްރީކޮށްފައިވާ އަދި އެފް.އޭ.އެމްގެ އެކަޑަމީ އެކްރިޑިއޭޝަން ކްރައިޓީރިޔާ ފުރިހަމަ ކޮށްފައިވާ އެކަޑަމީތަކުން، މިއިއުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 11 ޖެނުއަރީ 2026 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް މިއެސޯސިއޭޝަނަށް ފޯމް ހުށްއެޅުމަށް ދަންނަވަމެވެ.  

އަދި އެފް.އޭ.އެމްގެ އެކަޑަމީ އެކްރިޑިއޭޝަން ކްރައިޓީރިޔާ ފުރިހަމަ ނުކުރާ އެކަޑަމީތަކުން، މި މުބާރާތުގައި ބައިވެރިވުމަށްފަހު، އެކަޑަމީ އެކްރިޑިއޭޝަން ކްރައިޓީރިޔާ ފުރިހަމަ ކުރުމަށް ފުރުސަތު ލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.  

 

 

28 ޑިސެމްބަރ 2025

28 ޑިސެންބަރު 2025
ހޯދާ