ދިވެހިރާއްޖެ
ދިޔަމިގިލީސްކޫލް
ތ. ދިޔަމިގިލި،ދިވެހިރާއްޖެ
ނަންބަރ: GS181 / N-04 / 2025 /I-13
އިޢުލާން
އެކިބޭނުންތަަކަށްކުރަންޖެހޭޕިކަޕުދަތުރުތައްކޮށްދޭނެފަރާތެއްހޯދުމަށް
2026 ވަނަ އަހަރު މި މަދަރުސާގެ ކުނިއުކާލުމާއި އެކި ބޭނުންތަކަށް ކުރަންޖެހޭ ޕިކަޕު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މި ދަންނަވާ ދުވަސްތަކުގައި މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތުތައް ފުރިހަމަނުވާ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ.
|
މަޢުލޫމާތުދިނުމުގެބައްދަލުވުން |
އަންދާސީހިސާބުހުށަހެޅުއްވުން |
|
2025 ޑިސެމްބަރ 31 ބުދަ ދުވަހުގެ ހެނދުނު 10.30 |
2026 ޖެނުއަރީ 04 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10.30 |
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ދިޔަމިގިލީ ސްކޫލް / ތ.ދިޔަމިގިލި
ފޯން: 6780609/ 7869965
އީމެއިލް: [email protected]
28 ޑިސެމްބަރ 2025
