ކޮޅުމަޑުލު ހިރިލަންދޫ ސްކޫލް
ދިވެހިރާއްޖެ
ހިރިލަންދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނޭ ފަރާތެއް ހޯދުން

  1. މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 28 ޑިސެމްބަރ 2025 އިން 06 ޖަނަވަރީ 2026 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ https://docs.google.com/forms/d/e/1FAIpQLScptuhPMQh5VzHmbgLGrj6XZnGfNAUHwy2aumTekPRtvoyw3Q/viewform?usp=dialog ލިންކް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މި މުއްދަތުގައި ނަން ނޯޓްކޮށްފައިވާ ފަރާތްތަކަށެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 06 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ޕްރީ ބިޑް މީޓިންގް) އޮންނާނީ 07 ޖަނަވަރީ 2026 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވޭނީ މަތީގައި ދެންނެވިފައިވާ މުއްދަތުގައި ނަންނޯޓްކޮއްފައިވާ ފަރާތްތަކަށެވެ.
  5. ބީލަން ހުށަހެޅުން އަދި ބީލަން ހުޅުވުން އޮންނާނީ 11 ޖަނަވަރީ 2026 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތ.ހިރިލަންދޫ ސްކޫލް

ތ.ހިރިލަންދޫ، ދިވެހިރާއްޖެ                                   

ފޯން:/9133341 9845629                                      

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

28 ޑިސެންބަރު 2025
ހޯދާ