މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ލީޑް ޑިވެލޮޕަރ

 ވަޒީފާގެ ފުރުޞަތު

މަޤާމް :

ލީޑް ޑިވެލޮޕަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު 17,000.00 ރުފިޔާ (ސަތާރަ ހާސް ރުފިޔާ )
  2. ސަރވިސް އެލަވަންސް: މަހަކު  5,000.00ރުފިޔާ (ފަސް ހާސް ރުފިޔާ)
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ ) 
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް  

ޔުނިޓް:

އައިޓީ ޔުނިޓް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

 

  • އައިޓީ ސޮފްޓްވެއަރ ޑިވެލޮޕްމަންޓް  ނުވަތަ، ގުޅޭ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއި އެކު 03 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން ނުވަތަ
  • އައީޓީ ސޮފްޓްވެއަރ ޑިވެލޮޕްމަންޓް  ނުވަތަ ގުޅޭ ދާއިރާއިން ޑިގްރީ ޙާޞިލްކޮށްފައިވުމާއި އެކު 05 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން

 

މަޤާމުގެ މަސްޢޫލިއްޔަތު

  • ކުންފުނީގެ ހުރި އެންމެހާ ސިސްޓަމްސް އަދި ސޮފްޓްވެއަރ މެއިންޓެއިންކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން އަދި ޑިޕާރޓްމަންޓްތަކާއި އެކް ޕްރޮޖެއްކްޓްތަކުގެ އައިޓީ ޑިވެލަޕޮމަންޓްއިން ކުރަން ޖެހޭ މަސައްކަތުގެ ތަފްސީލީ ޕްލޭންތައް އެކަށައަޅާ ޑިވެލޮޕާރސް އަށް މަސައްކަތް ހަވާލުކޮށް، ސުންގަޑިއަށް ނިންމުމަށް ބޭނުންވާ އެންމެހާ މަސައްކަތްތައް ކުރުމާއި ސަޕޯޓް ދިނުން
  • ޑިވެލޮޕަމަންޓް ޓައިމްލައިން އަދި ރިސޯސް ޔުޓިލައިޒޭ ޝަން ޕްލޭން ތައްޔާރުކޮށް ބެލެހެއްޓުން
  • ކުންފުނީގެ އެކިކަންކަމަށް ބޭނުންވާ ސޮފްޓްވެއަރތައް ޑިވެލޮޕްކުރުމާއި އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތައްކުރުން
  • ކުންފުނީގެ އެކިކަންކަމަށް ބޭނުންކުރާ ސޮފްޓްވެއަރތައް މޮނިޓަރ ކުރުމާއި ބެލެހެއްޓުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ސޮފްޓްވެއަރ ޑިވެލޮޕް ކުރުމުގެ މަސައްކަތަށް ބޭނުންވާ ކޮލިފިކޭޝަނާއި ތަޖުރިބާ ހުރުން.
  • PHP, MySQL, GIT ބޭނުންކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން. 
  • HTML,CSS3,JavaScript, Bootstrap އަދި JQuery ގެ ބޭސިކް ބޭނުން ކުރުމުގެ ހުނަރު ލިބިފައިވުން.
  • PHP Laravel Framework ރަނގަޅަށް ދަންނަ ފަރާތެއްކަމުގައިވުން.
  • ލިބިފައިވާ ތަޢުލީމާއި ތަމްރީން
  • އިންޓަރވިއު އަދި ޕްރެކްޓިކަލް އިން އެންމެ މަތިން މާކްސް ލިބިފައިވުން ސޮފްޓްވެއަރ ޑިވެލޮޕްމަންޓްގެ ދާއިރާއިން  ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  

 

ރަސްމީ މަސައްކަތު ގަޑި:

  • ހެނދުނު 8:00 އިން ހަވީރު 15:00އަށް ( އާދިއްތަ – ބުރާސްފަތި )

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށްއެދޭ ފޯމް
  • ވަނަވަރު (ސީވީ)
  • އައިޑީ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
  • ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިންނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

  • ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2026 ޖަނަވަރީ 4ވާ އާދިއްތަ ދުވަހުގެ  14:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 2026 ޖަނަވަރީ 4ވާ އާދިއްތަ

 ދުވަހުގެ 14:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ. 

**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

އިންޓަވިއު:

އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް

ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  https://www.maldivespost.com/media/downloads/job-application-form

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ  3315555/7924894  ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
27 ޑިސެންބަރު 2025
ހޯދާ