ދިވެހިރާއްޖެ
ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސްވަރޭޖް ފެސިލިޓީސް އިން ދަ އައި ލެންޑްސް
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ޕްރޮކިއުމަންޓް އޮފިސަރ (ޕީ.އޯ)
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ(އެމް.އީ.އީ)އިން އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ ' ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސްވަރޭޖް ފެސިލިޓީސް އިން ދަ އައި ލެންޑްސް ' މަޝްރޫޢުގެ ޕްރޮކިއުމަންޓް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޕްރޮކިއުމަންޓް އޮފިސަރ ހޯދުމަށް ބޭނުންވެއެވެ.
ޕްރޮކިއުމަންޓް އޮފިސަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ އެކިއެކި ޕްރޮކިއުމަންޓް މަސައްކަތްތައް ޑޯނަރ އެޖެންސީގެ އިރުޝާދުނާމާއާ އެއްގޮތްވާގޮތުގެ މަތިން ރާވައި، ހިންގައި އަދި މަސައްކަތްތައް މޮނިޓަރ ކުރުމާއި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން ހިމެނެއެވެ.
ޕްރޮކިއުމަންޓް އޮފިސަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:
ހ) ޕްރޮކިއުމަންޓް ނުވަތަ ކޮމާރސް ނުވަތަ ފައިނޭންސް ނުވަތަ ބިޒްނަސް. މެނޭޖްމަންޓް ނުވަތަ އިކޮނޮމިކްސްގެ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދު ހާސިލު ކޮށްފައިވުން.
ށ) މަދުވެގެން 5 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއެކު، މަދުވެގެން 3 އަހަރު ދުވަހު ޕްރޮކިއުމަންޓް ކޮންސަލްޓަންސީ، ސިވިލް މަސައްކަތް އަދި ތަކެއްޗާއި ޚިދުމަތް ދޭ ފަރާތްތައް ހޯދުމަށް ކުރަންޖެހޭ ޕްރޮކިއުމަންޓް މަސައްކަތްތަކުގައި އުޅެ ތަޖްރިބާ ލިބިފައި ވުން.
ނ) ޕްރޮކިއުމަންޓްގެ ހުރިހާ މަސައްކަތް ކުރުމުގައިގައި ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން. މިގޮތުން ބައިނަލްއަޤުވާމީ އެހީދޭ ޖަމާޢަތްތަކުގެ ޕްރޮކިއުމަންޓްގެ ގަވާއިދުތަކަށް އަހުލު ވެރިވެފައި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ރ) ދައުލަތުގެ ޕްރޮކިއޮމަންޓުގެ ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ ފަރާތް ތަކަށް އިސްކަން ދެވޭނެއެވެ.
ބ) ޕްރޮކިއުމަންޓުގެ ދާއިރާއިން މަޢުލޫމާތާއި ތަޖްރިބާ ލިބިފައިވާ ފަރާތް ތަކަށް އިސްކަން ދެވޭނެއެވެ. (މީގެ ތެރޭގައި ތަކެތި ގަތުން/ ކޮންޓްރެކްޓް ހެދުމާއި ކޮންސަލްޓެންސީގެ ހުރިހާ ބާވަތެއްގެ މަސައްކަތް ކުރަން އެނގުން؛ ބިޑިންގެ މަރުހަލާއާއި އިންޓަރނޭޝަނަލް ކޮންޓްރެކްޓް ހެދުމާއި، ދިވެހި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު އެނގުން)
ޅ) އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުމާއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން؛
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.
މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި -/30,000 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރެއްވުން އެދެމެވެ.
ޝައުޤުވެރިވާ ފަރާތްތަކުން 2015 ޑިސެންބަރު 3 ވަނަދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ވޯޓަރ އެންޑް ސްވަރޭޖް ޕްރޮޖެކްޓްސް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފެކްސް: 301-3018-960+
ފޯން : 300-3018-960+
އީމެއިލް: [email protected]
