މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް 2025 ވަނަ އަހަރު ދައުލަތުން މާލީ އެހީތެރިކަން ދިނުމަށް ހުޅުވައިލުމާ ގުޅޭ

ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު، 2025 ޑިސެންބަރު 25 ގައި ވަނީ ހުޅުވާލާފައެވެ. މިކަމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2025 ޑިސެންބަރު 28 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ. މާލީ އެހީތެރިކަން ދިނުމާބެހޭ ތަފްސީލު، އުސޫލު ނަންބަރު: 2025/G-35 (މީޑިއާތަކަށް 2025 ވަނަ އަހަރު މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު) ގައި ހިމެނިފައިވާނެއެވެ. މިކަމަށް އެދި ހުށަހަޅާނީ މިކަމަށްޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ޕޯޓަލްގެ ލިންކްއަކީ:  https://mediaapp.one.gov.mvއެވެ.

ވީމާ، މިކަން އާންމުކޮށް އިޢުލާނު ކުރީމެވެ.

25 ޑިސެންބަރު 2025
ހޯދާ